Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ދިރާސާތައް ކުރަން ފައިސާގެ އެހީއަށް އެދެން އެމްއެންޔޫއިން ހުޅުވައިލައިފި

ދިރާސާތައް ކުރަން ފައިސާގެ އެހީއަށް އެދެން އެމްއެންޔޫއިން ހުޅުވައިލައިފި

ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގައި ތަފާތު ދިރާސާތައް ހިންގުމަށް ބޭނުންވާ މުވައްޒަފުންނާއި ދަރިވަރުންނަށް އެ ޔުނިވާސިޓީ ރީސާޗު ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފިއެވެ.

އެގޮތުން މި ރީސާޗް ގްރާންޓް ނުވަތަ ފައިސާގެ އެހީއަށް އެދެވޭ އެންމެ ކުޑަ މިންވަރަކީ 10،000 ރުފިޔާއާ ހަމައަށެވެ. މެދު މިންވަރަކީ 100،000 ރުފިޔާއާ ހަމައަށެވެ. އަދި އެންމެ މަތީ މިންވަރަކީ އެއް މިލިއަން ރުފިޔާއާ ހަމައަށެވެ.

މިކަމާ ގުޅިގެން އެމްއެންޔޫއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޔުނިވާސިޓީ ކޮންމެ މުވައްޒަފަކަށް އަދި މަތީ ޑިގްރީއަށް ކިޔަވާ ފުލްޓައިމް ދަރިވަރުންނަށް ވެސް، އެ މީހަކު ހިންގަން ބޭނުންވާ ރިސާޗު މަޝްރޫއުތަކަކަށް ފައިސާގެ އެހީ ހޯދުމަށް އެދެވޭނެ ކަމަށެވެ.

Advertisement
Ooredoo — Square (box)

ނަމަވެސް ރީސާޗް ހަދަން ގްރާންޓް ދެވޭނީ ހުށަހަޅާ ޕްރޮޕޯސަލްތައް ރީސާޗް ގްރާންޓްސް ކޮމެޓީން ކަނޑައެޅިފައިވާ މިންގަނޑުތަކަށް ބިނާކޮށް ފެންވަރު ވަޒަން ކުރުމަށް ފަހު ހޮވޭ ޕްރޮޖެކްޓުތަކަށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް