Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިންޑިއަން ކަލްޗަރ ސެންޓަރ: މަތީ ތައުލީމަށް ފުރުސަތާއި ފަންނުވެރިންނަށް ދޮރެއް!

އިންޑިއަން ކަލްޗަރ ސެންޓަރ: މަތީ ތައުލީމަށް ފުރުސަތާއި ފަންނުވެރިންނަށް ދޮރެއް!
އިންޑިއާގެ ބައެއް ސިޓީތަކަށް "ދެން"ގެ ފައްސިޔަ ޓީމުން ކުރި ދަތުރުގެ ތެރެއިން ފާހަގަވި އެއްކަމަކީ އިންޑިއަން ކަލްޗަރަލް ސެންޓަރުގެ އެހީތެރިކަމާ އެކު ހިންގާ ބައެއް ހަރަކާތްތަކުގައި ދިވެހީންގެ އޮންނަ ބައިވެރިވުމެވެ. ޘަގާފީ ގުޅުންތައް ބަދަހިކުރުމުގެ ހަރަކާތްތަކާއި ތައުލީމީ ފުރުސަތުތަކުގެ ބޭނުން ގިނަ ބަޔަކު ކުރެއެވެ. މިކަންކަމާ ގުޅޭ ގޮތުން އިންޑިއަން ކަލްޗަރަލް ސެންޓަރގެ ޑިރެކްޓަރ ، ޑރ ސަޔެދް ތަންވީރް ނަސްރީން ވަނީ އެ ސެންޓަރުގެ ގިނަ ވާހަކަތަކެއް ހިއްސާކޮށްދީފައެވެ. އޭނާގެ ވާހަކަތަކުގެ ކުރިން އިންޑިއަން ކަލްޗަރަލް ސެންޓަރުގެ ކުރު ޚުލާސާއެއް ދޭނަމެވެ. މާލޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރަކީ އިންޑިއާގެ އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރު)ގެ ދަށުން ޚިދުމަތް ދެމުން އަންނަ ތަނެކެވެ. މިތަނުގެ ބެލެނިވެރި ފަރާތަކީ އައިސީސީއާރު ކަމުގައި ވިޔަސް، ކޮންމެ ޤައުމެއްގައި ހުންނަ ކަލްޗަރަލް ސެންޓަރު ވެސް ހިންގަނީ، އެ ޤައުމެއްގެ އެންބަސީންނެވެ. މިގޮތުން ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރު ވެސް ހިންގަމުން އަންނަނީ ރާއްޖޭގައި ހުންނަ އިންޑައިން ހައި ކޮމިޝަންގެ ބެލުމުގެ ދަށުންނެވެ. އައިސީސީއާރަކީ 1950ވަނަ އަހަރު އުފެދުނު ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ އިންޑިއާގެ ޘަޤާފަތް ދިރުވާ، އެހެން ޤައުމުތަކާއި އިންޑިއާއާ ޘަޤާފީ ގޮތުން އޮންނަ ގުޅުން ވަރުގަދަ ކުރުމެވެ. އަދި ޘަޤާފީ ގޮތުން އެހެން ޤައުމުތަކާ ގުޅުން ބަދަހިކޮށް، އެހެން ޤައުމުތަކުގެ ޘަޤާފަތް ވެސް ދިރުވުމެވެ. ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުގެ އަމާޒަކީ ވެސް މިއީއެވެ. ޘަޤާފީ އަދި ބަހަވީ ގޮތުން އިންޑިއާއާއި ރާއްޖޭގެ ގުޅުން ބަދަހި ކުރުމަކީ މިތަނުގެ އެއް މަޤްސަދެވެ. މިގޮތުން ރާއްޖޭގައި ތިބި އިންޑިއާ ރައްވެހިންނާއި ދިވެހިންނަށް ވެސް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް މި ތަނުން ބާއްވައެވެ. މިގޮތުން ސަގާފީ މަހާސިންތާތަކާއި، ވޯކްޝޮޕްތަކާއި، ތަމްރީނުތައް އިންތިޒާމުކޮށްގެން ހިންގައެވެ. މީގެ ތެރޭގައި އިންޑިއަން ކްލާސިކަލް ވޯކަލް މިއުޒިކާއި ނެށުންތައް ދައްކައިލުމާއި އެކަމަށް ޝައުޤުވެރިކަން ހުންނަ ދިވެހިންނަށް އެ އުނގެނުމުގެ ފުރުސަތުތައް ދިނުން ހިމެނެއެވެ. https://youtu.be/UxL4Rv_tvnM

ދިވެހި ފަންނުވެރިންނާ އެކު މަސައްކަތްތަކެއް

އިންޑިއަން ކަލްޗަރަލް ސެންޓަރުގެ ހަމައެކަނި މަސައްކަތަކީ އިންޑިއާގެ ޘަޤާފަތް ކުރިއެރުވުމެއް ނޫނެވެ. ދިވެހި އާޓިސްޓުންނާ އެކު މަސައްކަތްކޮށް، ދިވެހިންގެ ޘަޤާފަތް ދިރުވުމަށް ވެސް އިންޑިއަން ކަލްޗަރަލް ސެންޓަރުން މަސައްކަތްތަކެއް ކުރެއެވެ. މިގޮތުން ދިވެހި ފަންނާނުންނަށް ދިވެހިންގެ ފަންނުވެރިކަން ހުށަހަޅައިދިނުމަށް ފުރުސަތު ފަހިކޮށްދިނުން ހިމެނެއެވެ. މީގެ މިސާލެއްގެ ގޮތުން ޑރ. ތަންވީރު ވަނީ ދާދި ފަހުން އިންޑިއާގައި އޮތް، އިންޓަނޭޝަނަލް ސޫރަޖް ކުންތު ކްރާފްޓް މޭލާ 2022ގައި ރާއްޖޭގައި މަޝްހޫރު ބޮޑުބެރު ގްރޫޕެއް ކަމަށްވާ ހަބޭސް ބޮޑުބެރު ގްރޫޕުން ބައިވެރި ވެފައިވާކަން ފާހަގަ ކުރައްވައިފައެވެ https://twitter.com/iccr_maldives/status/1505874992642215936?s=20&t=qtSkws_gI-4N0_5jXnLf1g މީގެ އިތުރުން ތަބްލާއާއި ދިވެހި ބޮޑުބެރު މަސްހުނިކޮށް، އައު ވައްތަރެއްގެ މިއުޒިކެއް އުފެއްދުމަށް ދިވެހި ފަންނާނުންނާއި އިންޑިއާގެ މިއުޒިޝަނުން ގުޅިގެން މަސައްކަތް ކުރާކަން ތަންވީރު ފާހަގަ ކުރެއްވިއެވެ.

34 ސްކޯލާޝިޕްގެ ފުރުސަތު

ޘަޤާފީ ގޮތުން ގާތް ގުޅުމެއް އޮންނަ އިންޑިއާގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ދަނީ ކިޔަވަމުންނެވެ. ކިޔެވުމުގެ ޚަރަދުތައް ކުޑަވުމާއި، އިންޑިއާއާއި ރާއްޖޭގެ މާހައުލު އެއްގޮތް ވުމުގެ ސަބަބުން ގިނަ ދަރިވަރުންގެ މަންޒިލަކަށް އިންޑިއާ ވަނީ ވެފައެވެ. މި ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އައިސީސީއާރުއިން ކޮންމެ އަހަރު ވެސް ގިނަ ދަރިވަރުންތަކަކަށް ހިލޭ ކިޔުވުމަށް ސްކޯލަރޝިޕްދަނީ ދެމުންނެވެ. މިގޮތުން މިއަހަރު ވެސް ދިވެހިންނަށް ޚާއްސަކޮށްގެން 34 ސްކޯލާޝިޕެއް ވަނީ ދޭން ނިންމައިފައެވެ. ރާއްޖެއަކީ އައިސީސީއާރުގެ ޕްރޮގްރާމްގެ ދަށުން އެއް ޤައުމެއްގެ ދަރިވަރުންނަށް އެންމެ ގިނައިން ސްކޯލާޝިޕްދޭ ޤައުމުކަން ޑރ. ތަންވީރު ފާހަގަ ކުރެއްވިއެވެ. އާޓްސް، ސައިންސް، އިންޖިނިއަރިން، ބިޒްނަސް، ޓޫރިޒަމް އަދި އެހެން ދާއިރާތަކުން އިންޑިއާގެ ޔުނިވާސިޓީތަކުގައި ކިޔެވުމަށް، އަންޑަގްރެޖުއޭޓް، ޕޯސްޓްގްރެޖުއޭޓް އަދި ޕީއެޗްޑީ ކޯސްތަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު މި ސްކޯލަރޝިޕްގެ ދަށުން ވަނީ ދީފައެވެ. މީގެ އިތުރުން އިންޑިއާގެ ޘަޤާފަތުގެ ދާއިރާއިން ތައުލީމު ހާސިލުކުރަން ބޭނުންވާ ބައިނަލްއަގުވާމީ ދަރިވަރުންނަށް 100 ސްކޯލާޝިޕް ފުރުސަތު ވެސް ވަނީ ހުޅުވައިލައިފައެވެ. އެ ފުރުސަތުގެ ދަށުން މިއުޒިކް،  ޑާންސް، ތިއޭޓާ،  ޕާފޯމިންގް  އާޓްސް، ސްކަލްޕްޗާ އަދި އިންޑިއާގައި ވާހަކަ ދައްކާ އުޅޭ  ބަސްތަކާއި  ސުފުރާ ނުވަތަ ކާބޯތަކެތީގެ ދާއިރާ ހިމެނެއެވެ. https://twitter.com/iccr_maldives/status/1526468706615717888?s=20&t=qtSkws_gI-4N0_5jXnLf1g މި ސްކޮލަޝިޕްތަކަށް ކުރިމަތިލެވޭނީ އައިސީސީއާރު ސްކޮލަޝިޕް ޕޯޓަލް މެދުވެރިކޮށެވެ. ސްކޯލާޝިޕަށް ލުމުގެ އެންމެ ފަހު ތާރީޚަކީ 31 މެއިއެވެ. މި ސްކޮލަޝިޕްތަކާ ބެހޭ އިތުރު މައުލޫމާތު އިންޑިއަން ކަލްޗާ ސެންޓަރުގެ ނަމްބަރު 3306612 ނުވަތަ 3306614އަށް ގުޅުމުން ލިބޭނެ ކަމަށް ޑރ. ރަންވީރު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް