ނޮޅިވަރަމަށް އަރާ ފޭބުން އެޗްޕީއޭ އިން މަނާކޮށްފި

ހދ. ނޮޅިވަރަމަށް އަރައި ފޭބުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަގުތީ ގޮތުން މަނާކޮށްފިއެވެ.
އޮންލައިން ނޫސް "ސަން" އިން ބުނެފައިވަނީ، ނޮޅިވަރަމަށް އަރައިފޭބުން ވަގުތީ ގޮތުން މަނާކޮށްފައި މިވަނީ ހއ. އިހަވަންދޫގެ "ތަޙްތު" ބޯޓުގެ ފަޅުވެރިއަކު ކޮވިޑަށް ފައްސިވުމާއި ގުޅިގެން ކުރިއަށްގެންދާ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ކަމަށް އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވި ކަމަށެވެ.
މޮނީޓަރިންގެ ހާލަތުގައި އޮންނަ ރަށަކަށް އަރައި ފޭބޭނީ ކަމާއިބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެންނެވެ.

Ads by Allied Insurance