ޚަބަރު

ނުރައްކަލުގެ ރަނގަބީލެއް، ރާއްޖޭގައި ތެލެސީމިއާ ކެރިއަރުން އިތުރުވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގައި ތެެލެސީމިއާ ކެރިއަރުންގެ އަދަދު ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވަމުންދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by Hajj Corporation

ނެދަލެންޑްސްގެ އެލްސެވިއާ ނަމަކަށް ކިޔާ ޖާނަލްސްގައި ޝާއިޢުކޮށްފައިވާ ދިރާސާއެއްގައި ބުނެފައި ވަނީ 2020ވަނަ އަހަރު ރާއްޖޭގެ އާބާދީގެ 30 ޕަސެންޓް ޓެސްޓް ކުރި ކަމަށާއި އޭގެ ތެރެއިން 16 ޕަސެންޓް މީހުންނަކީ ބީޓާ ތެެލެސީމިއާ ކެރިއަރުން ކަމަށެވެ.

މި ޑޭޓާތައް ހިއްސާ ކުރައްވަމުން އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ކަންބޮޑުވާ މިންވަރަކަށް ތެލެސީމިއާ ކެރިއަރުން ހާސްވާން ޖެހޭ މިންވަރަށް އިތުރުވަމުން އަންނަ ކަމަށެވެ.

ޑރ. މުޙައްމަދު އަލީ ވަނީ އިންޑިއާއާއި ބްރެޒިލް ކަހަލަ އާބާދީ ބޮޑެތި ގައުމުތަކަށް ވުރެ ވެސް ރާއްޖޭގައި ތެލެސީމިއާ ކެރިއަރުން ގިނަކަން ފާހަގަ ކުރައްވައިފައެވެ. އިންޑިއާގައި ތެލެސީމިއާ ކެރިއަރުންގެ އަދަދު ހުރީ 10 ޕަސެންޓްގައެވެ. ބްރެޒިލްގައި ހުރީ އެއް ޕަސެންޓްގައެވެ.

އަތޮޅުތަކުގެ ނިސްބަތުން ރާއްޖޭގައި ބީޓާ ތެލެސީމިއާ ކެރިއަރުން އެންމެ ގިނައީ، ނ. ށ. ހދ. ޅ. އަދި ލ. އަތޮޅުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!