ޚަބަރު

ރިސޯޓެއްގެ އިމާރާތަކުން ވެއްޓި ދިވެއްސަކު ނިޔާވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރ. އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއްގެ އިމާރާތަކުން ވެއްޓި ދިވެހި ޒުވާނަކު ނިޔާވެއްޖެއެވެ.

Ads by STELCO

ފުލުހުން ވިދާޅުވީ ރ. އަތޮޅުގެ ރިސޯޓެއްގައި އިމާރާތެއްގެ 4ވަނަ ފަންގިފިލާއިން ދިވެހި ފިރިހެނަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ރޭ 12:49ގައި ލިބިފައިވާ ކަމަށެވެ.

އިމާރާތުން ވެއްޓުމާ އެކު އުނގޫފާރު ހޮސްޕިޓަލަށް އޭނާ ގެންގޮސްފައިވާ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ނިޔާވެފައި ވަނީ އުމުރުން 28 އަހަރުގެ މީހެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!