ޚަބަރު

ދިވެހިންނަށް ފުރުސަތު ނުދީ ބިދޭސީ ޑޮކްޓަރުން ހޯދާތީ މިނިސްޓްރީއަށް ފާޑުކިޔުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ކޮވިޑްގެ ހާލަތުގައި ޑޮކްޓަރުންތަކެއް މަސައްކަތް ކުރަނީ/ ފޮޓޯ: ޕީއެސްއެމް

ދިވެހިންނަށް ފުރުސަތު ނުދީ ބިދޭސީންނަށް ހާއްސަކޮށް މެޑިކަލް އޮފިސަރުންގެ ވަޒީފާއަށް ހުޅުވައިލުމުން އާންމުންނާއި ސިއްހީ ދާއިރާގެ ފަރާތްތަކުގެ ފާޑުކިޔުން ހެލްތު މިނިސްޓްރީއަށް އަމާޒުވެއްޖެއެވެ.

Ads by MWSC

ހެލްތު މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ކުރި އިއުލާނެއްގައި ވަނީ 25 މެޑިކަލް އޮފިސަރުން ހޯދުމަށް އިއުލާންކޮށްފައެވެ.

އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވަނީ އެ މަގާމަށް ކުރިމަތިލެވޭނީ އިއުލާންކުރި ތާރީހުގެ ނިޔަލަށް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ 'ރެކްރޫޓްމެންޓް އޭޖެންސީ'ތަކަށް އެކަނި ކަމަށެވެ. އަދި މެޑިކަލް އޮފިސަރުންގެ އަސާސީ މުސާރައިގެ ގޮތުގައި 15،090ރ. ލިބޭއިރު، އެކޮމޮޑޭޝަނަށް 3،000ރ. އަދި ފުޑް އެލަވަންސަށް 1،800ރ. ލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ދިވެހިންނަށާއި ދިވެހި ޑޮކްޓަރުންނަށް އެކަށީގެންވާ މުސާރައާއި ފުރުސަތުތައް ނުލިބުމަކީ އަބަދުވެސް އެ ދާއިރާއިން ތައުލީމު ހާސިލުކުރާ ދިވެހިންގެ ޝަކުވާއެކެވެ.

ބިދޭސީ ޑޮކްޓަރުން ހޯދުމަށް ހެލްތު މިނިސްޓްރީން ކޮށްފައިވާ އިއުލާނުގެ ސްކްރީންޝޮޓެއް ހިއްސާކޮށް، މީހަކު ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މިހާރު ވެސް ވަޒީފާ ހޯދަމުން އަންނަ އެތައް ދިވެހި މެޑިކަލް އޮފިސަރުން ތިބިއިރު، އެ މަގާމުތަކަށް ބިދޭސީން ހޯދަން އިއުލާނުކުރުމަކީ ބޭއިންސާފެއް ކަމަށެވެ.

މީގެ އިތުރުން ބިދޭސީ ޑޮކްޓަރުންނަށް ލިބޭ އެލަވަންސްތައް ވެސް ދިވެހި ޑޮކްޓަރުންނަށް ނުލިބޭތީ އޭނާގެ ޕޯސްޓުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

  1. ެޖުމައިލް

    ބިދޭސީ ޑޮކްޓަރުން ހޯދަނީ ކަޓް ނަގަން.ބޭރުން އަންނަ ޑޮކްޓަރުންގެ އަތުން މަދުވެގެން 2000 ޑޮލަރުވަރު ކަޓްގެ ގޮތުގަ އެބަނަގާ..ދިވެހިންގެ އަތަކުން އެކަޓެއް ނުލިބޭނެ.ރާއްޖޭގެ ހުރިހާ ކަމަެއް ބައްޓަންވެފަ މިއޮތީ ކަޓްދީގެން ޚިދުމަތް ލިބޭގޮތަށް.ކަޓް ނުދެންޏާ ޖެހޭނީ ތެޅިލަ ތެޅިލާ ތިބެން.