Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

22 މީހުންނާއެކު ދަތުރުކުރި ނޭޕާލްގެ ފްލައިޓެއް ގެއްލިއްޖެ

22 މީހުންނާއެކު ދަތުރުކުރި ނޭޕާލްގެ ފްލައިޓެއް ގެއްލިއްޖެ

22 މީހުންނާ އެކު ދަތުރު ކުރަމުންދިޔަ ނޭޕާލްގެ "ތާރާ އެއާ 9 އެންއޭއީޓީ" ފްލައިޓު ގެއްލިފައިވާކަމަށް އެ އެއާވޭސްއިން ބުނެފިއެވެ.

މި ކުޑަ ފްލައިޓް ގެއްލިފައި ވަނީ 15 މިނެޓުގެ ދަތުރަކަށް ނޭޕާލްގެ ޕޮކަހަރާއިން ޖޮމްސަންއަށް ދަތުރު ކުރުމަށް ނައްޓައިލި ފަހުންނެވެ. ތާރާ އެއާގެ ސްޕޯކްސްޕާސަން މީޑިއާތަކަށް މަޢުލުމާތު ދެމުން ބުނެފައި ވަނީ މި ފްލައިޓު ނައްޓައިލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޓަވަރާ ގުޅުން ކެނޑުނު ކަމަށާއި ފްލައިޓު ޖައްސަން ޖެހޭ ގަޑިއަށް ނުޖެއްސުމުން ފްލައިޓު ހޯދުމަށް ހެލިކޮޕްޓަރެއް ފޮނުވިކަމަށެވެ.

30 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މި ފްލައިޓު ވަނީ ނައްޓައިލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގޮވައިފައި ކަމަށާއި ބާރު ގޮވުމެއްގެ އަޑު ބައެއް ފަރާތްތަކަށް އިވިފައިވާކަމަށް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

Advertisement
Allied — Dhen Online (box)

މި ބޯޓުގައި ތިބީ އިންޑިއާއަށް ނިސްބަތްވާ ހަތަރު މީހަކާ އެހެން ޤައުމެއްގެ ދެ މީހެއްގެ އިތުރުން ނޭޕާލަށް ނިސްބަތްވާ މީހުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް