މާބުލް ޝީޓްތަކެއްގެ މެދުގައި ތާށިވެގެން ބިދޭސީއަކު މަރުވެއްޖެ
ހުޅުމާލޭ ފޭސް ދޭއް ސަރަހައްދުގައި މާބުލް ޝީޓްތަކެއްގެ މެދުގައި ތާށިވެގެން ބިދޭސީއަކު މަރުވެ، އިތުރު މީހަކު ޒަޚަމް ވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގައިފައި ވަނީ ހުޅުމާލޭ ފޭސް ދޭއް ސަރަހައްދުގެ ޑިންގީ ޖެޓީ ސަރަހައްދުގައި ކޮންޓައިނަރަކުން މާބުލް ޝީޓްތަކެއް ހުސް ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. މި ހާދިސާގައި ޒަހަމްވި މީހާއަށް ހޮސްޕިޓަލްގައި މިހާރު ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
މި ހާދިސާގެ ރިޕޯޓް ފުލުުހުންނަށް ކޮށްފައި ވަނީ 15:30ގައެވެ. މި މައްސަލަ ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.،
Ads by Allied Insurance