ޚަބަރު

ގާޒީ އާދަމް މުހައްމަދުގެ ދެކަނބަލުންނަށް އިސްހާގުގެ ދަރި މަރުގެ އިންޒާރު ދިން: ނާޒިމް ސައްތާރު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: އައްޑޫ ލައިވް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ރާވައި، މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މާލެ/ ކުދެހިގެ އިސްހާގުގެ ދަރި، މުހައްމަދު އިއުފާފު އިސްހާގު ވަނީ، ގާޒީ އާދަމް މުހައްމަދާއި އެ މަނިކުފާނުގެ އަނބިކަނބަލުންނަށް ބިރުދައްކައި މަރުގެ އިންޒާރު ވެސް ދީފައި ކަމަށް، ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީސް ނަޝީދުގެ ލީގަލް ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ނާޒިމް ސައްތާރު މިއަދު "ދެން"އަށް މައުލުމާތު ދެއްވަމުން ވިދާޅުވީ ގާޒީ އާދަމް މުހައްމަދުއަކީ ބްލޮގަރ ޔާމީން ރަޝީދު މަރައިލި މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ ކަަމަށެވެ. އަދި އެ މައްސަލައިގައި ދައުވާ ލިބުނު ހަސަން ޝިފާޒަކީ އިސްހާގުގެ ބޭބެ ކަމަށް ވެސް ނާޒިމް ސައްތާރު ވިދާޅުވިއެވެ.

އިންޒާރު ދިން މައްސަލަ ބަލާތާ ހަތަރު މަސް ވަރު ވީ އިރު ވެސް، އަދި އިންޒާރު ދިން މީހުން ހޯދިފައިވީ އިރު ވެސް، މިހައިތަނަށް އޭގެން އެކަކު ވެސް ހައްޔަރެއް ނުކުރާ ކަމަށް ވެސް ވަކީލު ނާޒިމް ސައްތާރު ވިދާޅުވިިއެވެ.

"ރާއްޖެގައި 'އިންޑިއަން ހައި ކޮމިޝަން' ގޮއްވާލާނަމޭ ބުނީމަ އެ މީހާ ހަތަރު މަސް ވަންދެން ޖަލުގައި ބޭއްވި. ނަމަވެސް ދިވެހިރާއްޖޭގައި ފަނޑިޔާރަކަށް މަރުގެ އިންޒާރު ދިނީމަ އެންމެ ކުޑަމިނުން ހައްޔަރު ވެސް ނުކުރޭ. ފަނޑިޔާރުންނަށް އެންމެ އެކަށީގެންވާ ސެކިއުރިޓީއެއް ފޯރުކޮށް ނުދެވޭ" ނާޒިމް ސައްތާރު ވިދާޅުވިއެވެ.

ގާޒީ އާދަމް މުހައްމަދު މިއަދު ވަނީ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިން މައްސަލަތަކުން ތަނާޒުލް ވެފައެވެ.

ކްރިމިނަލް ކޯޓުގައި މިމައްސަލަ ބައްލަވަމުން ގެންދަވަނީ ތިން ގާޒީންގެ ބެންޗަކުންނެވެ. އެ ބެންޗުގެ ރިޔާސަތު ގާޒީ އާދަމް މުހައްމަދު ބަލަހައްޓަވާ އިރު ބެންޗުގައި ދެން ހިމެނެނީ ގާޒީ ސޮފްވަތު ޙަބީބާއި، ގާޒީ މުހައްމަދު މިސްބާހުއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގޭ މޭ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ، ކުދެހިގޭ އިސްހާގާއި އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.

Ads by HDC
  1. ކަޅޭ

    ފަނޑިޔާރުން ފުރަތަމަ އިހިލާސްތެރިވެބަލަ .. މީހަކު މަރުގެ އިންޒާރުދިނީމަ ބިރުން ތިޔަ ތެޅިފޮޅެނީ، ތިޔަށްވުރެ ބޮޑަށް އަލިފާން ކާ އެހެންބަޔަކު ނޫޅޭ.. ބަލަ މަރުވީމަ ދެން ލިބޭ ވޯރނިންގ ތަކަށް ބިރެއް ނުގަނޭތަ؟

  2. ބޮޗޭ

    ގިނަ ފައިސާ ދޭ ކޮޅަކަށް ނުބަލާ އިންސާފުވެރިކަމާއެކު ޙުކުމް ކުރާނަމަ ތިކަހަލަ އިންޒާރެއް ނާންނާނެ.

    މިހާރު މި ދިވެހިރާއްޖޭގައި ، އަތުގައި ފައިސާނެތި ކޯޓަށް އިންސާފު ހޯދަން ނުދިޔުން އެންމެ ރަނގަޅު ގޮތަކީ

  3. ސެންޓޯވ

    ކެނެރީގެއިން ނުކުންނާނީ ދޮގުން ތަތް ތެޅިފަތިބި ޖާހިލުން…އެމީހުން ދައްކާ ވަހަކަ ނުވާނެ މި އުޑުދަށުގަ ތިބެގެން އަޑު އަހަންވެސް.