ޚަބަރު

ޝަމީމް މަގާމުން ވަކިކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ ޕީއެސްއެމް

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް، އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން މިއަދު ނިންމައިފިއެވެ.

Ads by MWSC

ޕީޖީ ޝަމީމް މަގާމުން ވަކިކުރުމާ މެދު ޕީޖީ ގްރޫޕުން ގޮތެއް ނިންމުމަށް މިމަހުގެ 1ވަނަ ދުވަހު ވެސް މެންބަރަކު ހުށަހެޅުއްވިއެވެ. ނަމަވެސް އެ ދުވަހު ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް އެންގެވީ، އެ މައްސަލަ އަކީ ބޮޑު މައްސަލައެއް ކަމަށްވާތީ ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި އެޖެންޑާ ކުރުމަށް ހުށަހެޅުމަށެވެ.

އޭގެ ފަހުން މިއަދު މެންދުރުފަހު ބޭއްވި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބައްދަލުވުމަށް ޝަމީމުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ފާސްވީ ވޯޓުގައި ބައިވެރިިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ވޯޓުންނެވެ.

އެމްޑީޕީގެ މެންބަރުން ޕީޖީ ޝަމީމާމެދު ހިތްހަމަނުޖެހުން ހުރި ވަކި މައްސަލަތަކެއް އެނގިފައެއް ނުވެއެވެ.

Ads by HDC
  1. ޙަސަނާ

    އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރަށް ކިޔަނީ އަހުމަދު އަސްލަމެއް ނޫން. މުހައްމަދު އަސްލަމް ކިޔަނީ. މިހާރު އޮތް ރައްޔިތުންގެ މަޖިލީހަކު ނޫޅޭނެ އަހުމަދު އަސްލަމް ކިޔާ މީހަކު.