އަންހެނެއްގެ އިނގިލީގައި ދަތް އަޅައި ބުރިކޮށްލި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރާއްޖޭގެ ރަށެއްގައި އަންހެނެއްގެ އަތުގެ އިނގިލީގައި ދަތް އަޅައި ބުރިކޮށްލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ގ. ޗެރީ ހައުސް އަލީ ހަސަން (35އ.) އެވެ. އެނގިފައިވާ ގޮތުގައި އަލީ ހަސަން މާރާމާރީ ހިންގައި، ދަތް އަޅައިފައި ވަނީ އޭނާގެ ކުރީގެ އަންހެނުންގެ ގައިގައާއި، ކުރީގެ އަންހެނުންގެ ދައްތަގެ ގައިގައެވެ. އެ ތަނުން ކުރީގެ އަންހެނުންގެ ދައްތަގެ އިނގިލީގައި ދަތް އަޅައި އިނގިލިން ބައެއް ވަނީ ބުރި ވެސް ކޮށްލައިފައެވެ.
މި މައްސަލައާ ގުޅިގެން އަލީ ހަސަންގެ މައްޗަށް ދައުލަތުން ވަނީ ފަސް ދައުވާއެއް ކޮށްފައެވެ.
އެ ދައުވާތަކަކީ:
- އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ (އަސާސީ އަދަބު: ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް)
- ގައިގައި އަތްލުމުގެ ކުށުގެ ދައުވާ (އަސާސީ އަދަބު: އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް)
- އަނިޔާއެއް ދިނުމުގެ ކުށުގެ ދެ ދައުވާ (އަސާސީ އަދަބު: ކޮންމެ ދައުވާއަކަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް)
- އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ (އަސާސީ އަދަބު: ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް)






ކޮމެންޓް