Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ސަމާލުވޭ! ކޮވިޑް ވޭދަނަތައް އަނެއްކާ ވެސް އިތުރުވަނީ

ސަމާލުވޭ! ކޮވިޑް ވޭދަނަތައް އަނެއްކާ ވެސް އިތުރުވަނީ
ރާއްޖޭގައި ކޮވިޑް-19ގެ ވޭދަނަތައް އަނެއްކާ ވެސް އިތުރުވަމުން އަންނަ ކަމަށާއި އެހެންކަމުން މި ބައްޔާ މެދު ރައްކާތެރިވެ ތިބުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސް ކުރައްވައިފިއެވެ. އެޗްޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ވޭތުވެދިޔަ މަސްތަކުގައި ކޮވިޑް-19ގެ ވޭދަނަތައް ރާއްޖޭގައި މަދުވެފައި އޮތުމަށް ފަހު، އަނެއްކާ ވެސް ގިނަވަމުންދާކަމަށް އެއޭޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފައިވާ ކަމަށެވެ. މިގޮތުން ވޭތުވެދިޔަ ހަފްތާގައި 142 ވޭދަނަ ފެނިފައިވާ ކަމަށާއި އެއީ އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު %69 އިތުރު ވުމެއްކަން ވެސް އެޗްޕީއޭއިން ފާހަގަ ކުރައްވައިފައި ވެއެވެ. މިއާ އެކު، ފައްސިވާ ވޭދަނަތަކާއި ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވެސް އިތުރުވަމުންދާ ކަމަށް އެޗްޕީއޭއިން ވިދާޅުވެފައި ވެއެވެ. ފާއިތުވި މޭމަހު ކޮވިޑް -19 ޖެހިގެން ރާއްޖޭގައި އެޑްމިޓް ކޮށްފައި ވަނީ މުޅިއެކު 15 މީހުންނެވެ. އެހެން ނަމަވެސް ޖޫންމަހުގެ 12ވަނަ ދުވަހާ ހަމައަށް 11 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އެހެންކަމުން ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ޓަކައި އަންނަނިވި ކަންތައްތަކަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވައިފައެވެ.
  • ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، ވީހައި އަވަހަކަށް އެހެން މީހުންނާ އެކަހެރިވެ، ޓެސްޓް ކުރުން
  • މާސްކް އެޅުން: ޚާއްސަކޮށް ބަލީގެ އަލާމާތްތައް ހުރި ފަރާތްތަކުން އަދި ބަލީގެ ސަބަބުން ނުރައްކާވެދާނެ ފަރާތްތަކާއި އެ ފަދަ ފަރާތްތަކާ އެކު ދިރިއުޅޭ ނުވަތަ އެފަދަ މީހުން ބަލަހައްޓާ މީހުންނާއި ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގައްޔާއި އެ ތަންތަނަށް ޒިޔާރަތްކުރާ އިރު
  • ކޮވިޑަށް ފައްސި ވެއްޖެ ނަމަ އެކަހެރިވުމާއި އެއްތާވި މީހުންގެ މައުލޫމާތު ފޯރުކޮށްދިނުން
  • ވެކްސިންގެ ޑޯޒުތައް ފުރިހަމަ ނުވާ ފަރާތްތަކުން ވެކްސިން ފުރިހަމަ ކުރުން: 12 އަހަރުން މަތީގެ ފަރާތްތަކަށް ވެކްސިންގެ ދެ ޑޯޒު އަދި 18 އަހަރުން މަތީގެ ފަރާތްތަކުގެ ތެރެއިން ދެޑޯޒު ފުރިހަމަކޮށް 6 މަސްވެފައިވާ ފަރާތްތަކަށް ބޫސްޓަރ ޖެހުމުގެ އިންތިޒާމުތައް މިހާރު ވެސް ވަނީ ހަމަޖެހިފައެވެ. މާލެ ސަރަހައްދުގައި ވެކްސިން ޖަހާ ސެންޓަރުތަކާއި ގަޑިތައް ކޮވިޑް-19 ވެބްސައިޓްއިން ފެންނަން ހުންނާނެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް