އިއްޔެ މަރުވި މީހާގެ ޝައްކު އުފެދޭ ކަމެއް ނެތް: ފުލުހުން

މަރުވެފައި އޮއްވާ އިއްޔެ ގެއެއްގެ ތެރެއިން ފެނުނު މީހާ މަރުވި ގޮތާ މެދު ޝައްކު އުފެދޭ ކަމެއް ނެތް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މާލޭގެ މާފަންނުގައި ހުންނަ ގެއެއްގެ ތެރެއިން އިއްޔެ މަރުވެފައި އޮއްވާ ފެނިފައި ވަނީ 57 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ، ފުލުހުން ބެލި ބެލުމުން ޝައްކު އުފެދޭ ކަމެއް ނުފެންނާނީ މަރުވި މީހާގެ ހަށިގަނޑު އަނބުރާ ޤައުމަށް ފޮނުވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މީހާ މަރުވެފައި ވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.