ހިޔާ ސަރަހައްދުގައި ކުރި މުޒާހަރާއަކީ ދަށު ދަރަޖައިގެ އަމަލެއް

ހިޔާ ފްލެޓް ސަރަހައްދަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަޑައިގަތް ވަގުތު ހިޔާ ފްލެޓް ސަރަހައްދުގައި މުޒާހަރާ ކުރުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް ބައިވެރިވެ ވަޑައިގަތް ރާއްޖެ ޓްރާންސިޓް ލިންކް (އާރުޓީއެލް)ގެ ބަސް ދަތުރުގެ ހިދުމަތް ހުޅުމާލެ ފޭސް ދޭކަށް އިފްތިތާހުކުރުމަށް ރޭ ހިޔާ ފްލެޓް ސަރަހައްދުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތާ ދިމާކޮށް އެތަނުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ އެ މީހުންގެ ޝަކުވާތައް ސަރުކާރަށް އިއްވުމަށް މުޒާހަރާކޮށްފައެވެ.
އެ އިހުތިޖާޖާ ގުޅިގެން އިކްރާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ރަސްމިއްޔާތަށް އުނދަގޫކުރަން އަޑުގަދަކޮށް ހިންގީ "ވަރަށް ނާތަހުޒީބީ، އަހުލާގީ މިންގަނޑުދަށް، ދަށު ދަރަޖައިގެ އަމަލެއް" ކަމަށެވެ. އަދި އުނދަގޫ ނުވާނެ ގޮތަށް ވެސް އިހުތިޖާޖު ކުރެވުނީސް ކަމަށް ވެސް އިކްރާމް ވިދާޅުވިއެވެ.
އިކްރާމްގެ މި ޓްވީޓަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
ދިވެހިސަރުސަރުކާރުން ހިޔާފުލެޓުފިނިޝިންނުނިންމާ ހަވާލުކުރުމަކީދަށުދަޖާގެއަމަލެއްނޫންބާ
އެއީއާއްމުރައްޔިތުމީހާއަށްކުރިފުރަސްސާރައެއްނޫންބާ ވޯޓުހޯދަންދާދުވަހު ކޮތަރުކޮށީގައިތިބިކޮތަރުތަކުގެހިތްވަރުބަލަންތިބޭތި
ތިހެނެންވިއްޔާ ތިމުޒާހާރާ ކުރަން ޖެނީ ބޮޑުވަގު ޔާމީނު ކުރިމަތީގަަ އެކަލޭގެ ތިތަން ނުނިންމީ 5 އަހަރު ދިނީމަވެސްް ބެލީ ދައުލަތުން ވައްކަން ކުރެވޭތޯ
މައިނބަފައިނ ވަކިނުވުމަކިި.
އަދިވެސް ރައްޔިތުންދޯ ކުއްވެރިމިވީ ނުވާވަރު ކަންކަމާ ދޮގުވައުދުވެގެން ހަވާލުވީ ކީއްކުރަން އަތްފޯރާ އަގުގަ އެމްޑީޕީ ސަރުކަރުން ބަނޑު ހަންގަނޑޭ ކިޔާފަ ނިކަން އެތަން އަމިއްލަޔައް ދެލައްކަ ހަރަދު ކޮއްގެން ހެދިމީހުންނައް ލުއިދީބަލަ އަހަރުދުވަހުގެ ކުލިމާފުކޮއްބަލަ ނުވަތަ އެތަންލިބުނު މީހުންގެ ޕެންޝަންފަންޑުން ދެބައިކޮއްފަ އެއްބައިދީބަލަ އިބުރާހިމައް އަޑުއިވޭބާ ނޫނީ ހަމަ ނުލަފާކަމުން އަޑުނާހަނިބާ