Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މާލޭގެ ގެއެއްގެ ލިފްޓެއްގެ ތެރޭގައި މީހަކަށް ޖިންސީ ގޯނާކޮށްފި

މާލޭގެ ގެއެއްގެ ލިފްޓެއްގެ ތެރޭގައި މީހަކަށް ޖިންސީ ގޯނާކޮށްފި

މާލޭގައި ގެއެއްގެ ލިފްޓް ތެރޭގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

އިތުރު ތަފްސީލް ހާމަނުކޮށް ފުލުހުން މިއަދު ވިދާޅުވީ، ހެންވޭރު ގެއެއްގައި ދިރިއުޅޭ އަންހެނަކު އެ ގޭގެ ލިފްޓަށް އެރި ވަގުތު، ލިފްޓަށް އެރި ފިރިހެނަކު އޭނާއަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ އެ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މިކަން ހިނގައިފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށް ފުލުހުން ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤް ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް