ޚަބަރު

ޔޯގާ ހަރަކާތް ހުއްޓުވުމުން މަޙްލޫފް ނުރުހުން ސަލަފަށް: އެއީ ވެރިކަމަށް އަންނަން އުޅޭ ސިޔާސީ ޕާޓީއެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބައިނަލްއަގްވާމީ ދުވަހާ ގުޅިގެން ޔޫތް މިނިސްޓްރީއާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ގަލޮޅު ދަނޑުގައި ޔޯގާ ކުރިއަށް ގެންދަނިކޮށް ބަޔަކު އެ ތަނަށް ވަދެ، ހަމަނުޖެހުން ހިންގާ އެ ހަރަކާތް ހުއްޓުވުމުން ޔޫތް މިނިސްޓަރުގެ ބަހުގެ ހަމަލާތަކެއް، ދީނީ ޖަމިއްޔާއެއް ކަމަށްވާ ސަލަފަށް އަމާޒު ކުރައްވައިފިއެވެ.

Ads by Sosun Fihaara

ޔޯގާ ހަރަކާތް ކުރިޔަށް ނުގެންދިޔުމަށް އެދި ސަލަފްގެ ބައެއް އިލްމުވެރިން ވަނީ ވާހަކަ ދައްކައިފައެވެ. ނަމަވެސް ޔޯގާ ހަރަކާތާ ދެކޮޅަށް ގަލޮޅު ދަނޑަށް އެއްވަނީ ސަލަފުން ނޫން ކަމަށާއި އެއީ ސަލަފްގެ ހަރަކާތެއް ނޫން ކަމަށް ރޭ އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

މިއަދު ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުމާ ގުޅޭ ގޮތުން "ރާއްޖެ ޓީވީ"ގައި ވާހަކަފުޅު ދައްކަވަމުން މަޙްލޫފް ވިދާޅުވީ، އެއީ ސީދާ ޕީޕީއެމް އިން ކުރިޔަށް ގެންދިޔަ ހަރަކާތެއް ކަމަށާއި މި ހަރަކާތުގައި ސަލަފް ޖަމިއްޔާއިން ވެސް ބައިވެރިވެފައިވާ ކަމަށެވެ. އަދި ސަލަފް ޖަމިއްޔާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.

"ދެން މީގައި ސަލަފް ވެސް އެބަ އުޅޭ، ސަލަފަށް ހަމައެކަނި މި ފެންނަނީ ވަކި ސަރުކާރެއް ނޫނީ ވަކި ބޭފުޅަކު ރައީސަކަށް ހުންނަވާއިރުގައި ދޯ މިކަންކަން. މި އޮތް ހުރިހައި ދުވަހު ސަލަފަކަށް ނުފެނޭ. ސަލަފުގެ ލޯ އަނދިރި، ސަލަފްގެ ކަންފަތް ބީރުވެފައި ނޫންތޯ އެހުރީ. ކުއްލިއަކަށް މި އަހަރު ޔޯގާ ހެދީމަ ދީނީ ކަމަކަށް މިވީ" މަޙްލޫފް ވިދާޅުވިއެވެ.

މަޙްލޫފް އިތުރަށް ވިދާޅުވީ މިއަދު ކުއްލިއަކަށް ކަންކަން ޙަރާމްވެ، ހަލާލުވަމުން އަންނަ ކަމަށެވެ. އަދި މިއަދު އެދުރުންނަށްވުރެ ދަރިވަރުން މޮޅުވާ ކަމަށް ވިދާޅުވެ، ސައުދީގައ ޔޯގާ މާއްދާއެއްގެ ގޮތުގައި ކިޔަވައިދެން ފަށަން އުޅޭ ކަމަށް ވިދާޅުވިއެވެ.

"މިހާރު ސައުދީ އަރަބިއްޔާގައި އެ މީހުންގެ ކަރިކިއުލަމްގައި މަޖުބޫރު މާއްދާއެއްގެ ގޮތުގައި ޔޯގާ ހަދަނީ. ސައުދީ ތަންތަނަށް ވުރެ ވެސް މާ ގަދަ އިނގޭތޯ މި މީހުން. މި މީހުން ކިޔަވަނީ ސައުދީން. މި މީހުންނަށް ކިޔަވައިދިން މީހުން، މިކަންކަން ބަލައިގަނެ، މިއީ ދީނާ ގުޅޭ ކަމެއް ނޫންކަން ޤަބޫލުކުރޭ" މަޙްލޫފް ވިދާޅުވިއެވެ

ސަލަފަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މަޙްލޫފް ވިދާޅުވީ، ސަލަފަކީ ޖަމިއްޔާއެކޭ ކިޔައިގެން ވެރިކަމަށް އަންނަން ބޭނުންވާ ސިޔާސީ ޕާޓީއެއް ކަމަށެވެ. އަދި މާލޭގެ ޔޫތު ސެންޓަރުގައި 15 އަހަރު ދުވަހު، އަދި ރައީސް ޔާމީންގެ ވެރިކަމުގައި ޔޯގާޑޭ ފާހަގަ ކުރަން ރާއްޖެއިން އދ.ގައި ކޯ ސްޕޮންސަރ ކުރިއިރު އެތަން ސަލަފަށް ނުފެނުނީ ކީއްވެތޯ ސުވާލު ކުރެއްވިއެވެ.

މަޙްލޫފް ވިދާޅުވީ، މިއަދު ސަލަފްއިން ދަނީ އިދިކޮޅާ އެކު މަސައްކަތް ކުރަމުން ކަމަށާއި އެ މީހުންނަކީ ވަރަށް އަޑި ނުބައި ބައެއް ކަމަށެވެ. އަދި ޒުވާން ކުދިންގެ ދުވަސް މި މީހުން ދުއްވާލާ ކަމަށް ވިދާޅުވިއެވެ.

"ދީނީ ކަންކަމުގައި އުޅުއްވާ ބޭފުޅުން އެކަންކަމުގައި އުޅުއްވާފައި، ސިޔާސީ ކަންކަމުގައި އުޅުއްވަން ބޭނުންފުޅުވާ ބޭފުޅުން ސިޔާސީ މަސައްކަތަށް ދޫކޮށްލީމާ ރަނގަޅުވާނެ" ސަލަފަށް އިޝާރާތް ކުރައްވައި މަޙްލޫފް ވިދާޅުވިއެވެ.

  1. ރަދީފްއޮފިޝިއަލް

    ސައުދީން ކުރިޔަސް އަހަރެން މަންމަ ކުރިޔަސް ގޯސް ވާނީ ގޯހަށް.އަހަރެން ދުވަހަކުވެސް ތިޔާ ޔޯގާ ހަރަކާތަަށް ތާއީދެއް ނުކުރަން.އިންޑިޔާގެ ރައްޔިތެއްގެ ކާރިން އަހަރެން އިއްޔެ އަހާލިން ޔޯގާ އެއީ ކިހިނެއް ވާއެއްޗެއް ހޭ.އެހީމަ އޭނަ ބުނީ އެއީ ހިންދޫންގެ އަޅުކަމުގެ ބައެއް ހިމަނައިގެން ކުރެވޭ ކަސްރަތެއް ކަމަށް.ދެން ކޮންއެއްޗަކަށް މިވީ؟؟!!! ވ.ވެދުން

  2. ހަމަ ރަންނގަޅަށް އެ ހެދީ…ދެލޯ ހުޅުވައިގެން ރަނގަޅަށް ބަލާބަލަ 2016،2017 ގައިވެސް ސަލަފުން އެކަމާ ދެކޮޅު ހެދިއޭ،،، ދީނާ ސިޔާސަތާ ވަކި ކުރާށޭ އަދި އެބަ ކިޔައެންނު..މިހާރު މި ގައުމުގަ ހިންގާ މިކަހަކަ ހުރިހާ ކަމެއްގެ އަޑީގަ ހުންނަ މީހާ ތީ…މުސްލިމުންގެ ގޮތުގަ އުޅެން ދަސްކޮށްބަލަ.

  3. އަހުމަދު

    ޔޯގާގެ އަސްލު ގުޅިފައޮތީީ ހިންދޫންގެ ދީނާ. އެމީހުން އެކަން ކުރުމުގައި ގެންގުޅެނީ އެމީހުންގެ ކަލާނގެއަށް ކުއްތަންވަނީނަމަ އޭގައި އޮންނަ ކިޔަމަންތެރިކަމާއި މަޑުމައިތިރިކަން. އެކަން ކުރުމުގައި ޖަހާ މިއުޒިކާއި ފައްޅީގަ ޖަހާ މިއުޒިކާއި އެމީހުންގެ ދީނީ އެހެން ކަންކަމުގައި ވެސް ޖަހާ މިއުޒިކާއި ތަފާތެއް ނުހުރޭ.
    އެހެންވުމުން އެ ހަރަކާތުން ފައިދާއެއް ކުރިޔަސް މުސްލިމުން އެކަމުން ދުރުވުމަކީ މޮޅުގޮތްކަމުގައި މަގޭ ބުއްދިއާއި ހިތް ބުނޭ. މަހުލޫފުގެ ހިތްވެސް އެހެން ބުނާނެނަމަ ކިހާރަނގަޅުހޭ އެބަ ހިތައްއަރާ.
    ތިޔަ އިންޑިއާ މީހުން އެކަން ފަތުރަން އުޅެނީ އެމީހުންގެ ދީނީ ގޮތްތައް ހިތްތަކުގައި ޖައްސަން، ބައެއް ޖިމްތަކުގައި ހަދާ ޒާތަކަށް ކުރަންއުޅެނީއެއްނޫން. ޓީޝާޓުގައި ޖަހާފަ ހުރީ އެމީހުން އަޅުކަންކުރާ ބުދުގެ ޒާތައް އިންނަ ލޯގޯއެއް. މިކަމަށް ތަރުހީބުދޭން މިގައުމުގެ އެންމެ މަތީ ފަންތިން މަސައްކަތްކުރާތީ ހިތާމަކުރަން.
    ވަލިއްޔުލް އަމުރަށް އެންމެ ހެޔޮ ނިންމުން ނިންމަން ނޭގޭ ވަލިއްޔުލް އަމުރެއް މިގައުމަށް ލިބުނީތީވެސް ހިތާމަ ކުރަން. ﷲގެ ހެޔޮ ރަހުމަތާއި އާފިޔަތު މިގައުމަށް މިންވަރު ކުރައްވާނދޭވެ. އާމީން

  4. ވެރި ކަމާ ހެދި އުޅޭ ބައެއް ނޫން އެއީ ކީ މަޙުލޫފު ކީކޭ ކިޔާނަމޭ ހިތާ

  5. އެންޓިި ހިން

    ހިންދޫން ކައިރީގައި މި ޔޯގާ ގެ މަގުސަދު އަހާލުމުން މި ބުނަނީ އެއީ “އިލާހަކަށް ވުމަށް” ކުރާ ކަމެއް ކަމަށް.. އެމީހުން ދެކެނީ ހުރިހާ އެއްޗެއްގެ ތެރޭގައި ވަކިވަކި ކަލާނގެވާ ކަމަށް. މިއީ ބޮޑު ޝިރުކު.