ޚަބަރު

ފައްޔާޒްގެ ރައްދު ރައީސް ނަޝީދަށް: ފްލޯޓިން ސިޓީއަކީ ބޮޑު އޮޅުވައިލުމެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން ލިބިފައިވާ، ރާއްޖޭގައި ހެދުމަށް ނިންމާފައިވާ ފްލޯޓިން ސިޓީއަކީ ބޮޑު އޮޅުވައިލުމެއް ކަމަށްއެމްޑީޕީގެ ޗެއާޕާސަން، އަދި އިކޮނޮމިކް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

Ads by STELCO

ފައްޔާޒް މިހެން ވިދާޅުވެފައި ވަނީ، ރައީސް ނަޝީދުގެ ނަން ހިމެނޭތީ ފްލޯޓިން ސިޓީ ޕްރޮޖެކްޓް ހުއްޓުވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

ރައީސް ނަޝީދަށް ރައްދު ދެއްވަމުން ފައްޔާޒް ވިދާޅުވީ، ސަރުކާރުން ފްލޯޓިން ސިޓީ ހަދާ ކުންފުނި ކަމަށްވާ ޑަޗް ޑޮކްލެންޑްސްއަށް ދޫކުރި ފަސް ފަޅުގެ ތެރެއިން ތިން ފަޅެއް މިހާރު ވެސް ވިއްކައިލައިފައިވާ ކަމަށެވެ. އަދި އެ ފަޅުތައް ބޮޑު އަގުގައި ވިއްކައިލައިގެން އެ ކުންފުނިން ބޮޑު ފައިދާއެއް ހޯދާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އަދި ފަހުން އިކޮނޮމިކް ކައުންސިލަށް ޑަޗް ޑޮކްލެންޑްސްއިން ހުށަހެޅީ އެ މީހުންގެ އަމިއްލަ ފައިދާ ހިމެނޭ ހުށަހެޅުމެއް ކަމަށް ފައްޔާޒް ތުހުމަތު ކުރެއްވިއެވެ. އަދި ވިދާޅުވީ އެ ކުންފުނިން އިކޮނޮމިކް ކައުންސިލަށް ހުށަހެޅި ގޮތަށް އެއްބަސްނުވީ މުޅި މި ޕްރޮޖެކްޓުގައި އޮޅުވައިލުން ހިމެނޭތީ ކަމަށެވެ. މީގެ އިތުރުން ފައްޔާޒް ތުުހުމަތު ކުރެއްވި ގޮތުގައި އެ ފަޅުގައި އިތުރު ހަ ރަށެއް ހިއްކުމަށް ފަހު އެ މީހުން މަސައްކަތް ކުރަމުން ދަނީ ވިއްކައިލުމަށެވެ.

Ads by Allied Insurance
  1. ބިރުބޮޑު

    ތިޔައަންނި ކިޔާމީހާ އެއްވެސް އެގްރީމެންޓެއް ނަހަދާނެ ރާއްޖެއަށް ފައިދާވާގޮތަކަށް ވަރަށްސާފް