Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދުވަހަކު ވެސް ރަސޫލާ (ޞޢޥ) އަށް ފުރައްސާރަ ކޮށްފައެއް ނުވާނެ، މިއީ ބައެއްގެ ރޭވުމެއް: ނާޒިމް

ދުވަހަކު ވެސް ރަސޫލާ (ޞޢޥ) އަށް ފުރައްސާރަ ކޮށްފައެއް ނުވާނެ، މިއީ ބައެއްގެ ރޭވުމެއް: ނާޒިމް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ޤާނޫނީ ވަކީލު ނާޒިމް ޢަބްދުއްސައްތާރު، ދުވަހަކުވެސް ރަސޫލާ (ޞޢވ)އަށް ފުރައްސާރަ ނުކުރާ ކަމަށާއި އޭނާއާ ބެހޭ ގޮތުން އެފަދައިން ފެތުރެމުންދާ ވާހަކަތަކަކީ ބައެއްގެ ރޭވުމުގެ ދަށުން ފަތުރާ ވާހަކަތަކެއް ކަމަށް މިއަދު ބުނެފިއެވެ.

ނާޒިމް ސައްތާރު މިހެން ބުނެފައި މި ވަނީ، އޭނާ ރަސޫލާ (ޞޢވ)އަށް ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައެއްގެ ތަހުގީގު ފުލުހުން ފެށުމާ ގުޅިގެންނެވެ.

އެމައްސަލައާ ގުޅޭގޮތުން "ދެން"އަށް މައުލޫމާތު ދެމުން ނާޒިމް ސައްތާރު ބުނީ އޭނާ ރަސޫލާ (ޞޢވ)އަށް ދުވަހަކު ވެސް ފުރައްސާރަ ކޮށްފައި ނުވާނެ ކަމަށާއި މިއީ ބަޔަކު އޭނާގެ އަގު ވައްޓައިލުމުގެ ގޮތުން ރާވައިގެން ކުރަމުންދާ ކަމެއް ކަމަށެވެ.

Advertisement
Ooredoo — Square (box)

"އަހަރެން ދަންނަ އެންމެންނަށް ވެސް އެނގޭނެ އަހަންނަކީ ރަސޫލާ (ޞޢވ)އަށް ފުރައްސާރަ ކުރާނެ މީހެއް ނޫންކަން. އެފަދަ ޓްވީޓެއް ވެސް ނުހުންނާނެ ކޮށްފައެއް" ނާޒިމް ސައްތާރު ބުންޏެވެ.

ނަމަވެސް ޓްވިޓާގައި ތޯހާ މުހައްމަދު ނަމަކަށް ކިޔާ މީހަކު ނާޒިމް ސައްތާރު ޓެގްކޮށް ކުރި ޓްވީޓަކަށް ރައްދު ދެމުން ބުނެފައި ވަނީ "ސުންނަތުގައި އޮންނަނީ ރޭގަނޑު އިޝާ ނަމާދު ކޮށްގެން ލަސްނުކޮށް ވަހުޝީވާން" ކަމަށާއި އެއީ 9 އަނބިންނާ އެކު ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް