Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މަރުވެ، ކުނިވެފައި އޮތް މީހެއް ގުރައިދޫ ގެސްޓްހައުސްއަކުން ފެނިއްޖެ

މަރުވެ، ކުނިވެފައި އޮތް މީހެއް ގުރައިދޫ ގެސްޓްހައުސްއަކުން ފެނިއްޖެ
ކ. ގުރައިދޫ ގެސްޓްހައުސްއެއް ތެރޭ ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިފައި ވަނީ އޯޝަން ރިޓްރީޓް އެންޑް ސްޕާ ނަމަކަށް ކިޔާ ގެސްޓްހައުސް އިންނެވެ.

މަރުވެފައި އޮއްވާ ފެނިފައި ވަނީ، ގުރައިދޫ ގެސްޓް ހައުސެއްގެ ކޮޓަރިއަކުން ކުނިވަސް ދުވާކަމުގެ މައުލޫމާތު ލިބިގެން ބެލިއިރުއެވެ.

އެ ގެސްޓްހައުސްގެ ކޮޓަރި ތެރޭގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އިނގިރޭސި ވިލާތަށް ނިސްބަތްވާ އުމުރުން 57 އަހަރުގެ އަންހެނެކެވެ.

ފުލުހުން އަންނަނީ މި މައްސަލަ ހިނގާފައިވާ ގޮތް އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް