Sunday, 15 November 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

ތަރައްޤީވަމުން އަންނަ ޤައުމުތަކަށް 600 ބިލިޔަން ޑޮލަރުގެ އެހީގެ މަޝްރޫޢެއް

ތަރައްޤީވަމުން އަންނަ ޤައުމުތަކަށް 600 ބިލިޔަން ޑޮލަރުގެ އެހީގެ މަޝްރޫޢެއް

ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިންފްރާސްޓްރަކްޗާގެ ތަރައްގީއަށް އެހީވެދިނުމުގެ ގޮތުން، ޖީ7ގެ ގައުމުތަކުގެ ސަރުކާރުތަކުންނާއި ޕްރައިވެޓް ސެކްޓާގެ ތެރެއިން، 600 ބިލިއަން ޑޮލަރުގެ އެހީގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް، ޖީ7ގެ ގައުމުތަކުގެ ވެރިން އެއްބަސްވެވަޑައިގެންފިއެވެ.

ޖަރުމަން ވިލާތުގެ ބެވޭރިއާގައި އިއްޔެ ފެށި، ޖީ7ގެ މަހާސިންތާގައި ގައުމުތަކުގެ ވެރިން މިކަމަށް އެއްބަސްވެވަޑައިގަތީ، ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް، ޗައިނާއިން އެ ގައުމުތަކަށް ދެމުންދާ އެހީތައް ހުއްޓުވުމުގެ ގޮތުންނެވެ. ތަރައްގީވަމުން އަންނަ ގައުމުތަކަށް ޗައިނާއިން ފޯރުކޮށްދޭ އެހީތަކުގެ އަގު އެތައް ޓްރިލިއަން ޑޮލަރަކަށް މިހާރު ވެސް އަރައެވެ.

މަހާސިންތާ ފެށުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވީ، އާލަމީ ފެންވަރުގައި އަންނަ ކުއްލި ލޮޅުންތަކާ ކުރިމަތިލުމަށް އެކަށޭނަ މިންވަރަށް، ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިންފްރާސްޓްރަކްޗާ އޮތީ ތަރައްގީ ނުވެއެވެ. އެހެންކަމުން، ދުނިޔޭގެ ފެންވަރުގައި ފެތުރިގެންދާ ވަބާތަކުން އެ ގައުމުތަކަށް ލިބޭ ގެއްލުން ބޮޑުވެ، އެކަމުން އަރައިގަތުމަށް ވެސް ދިގު މުއްދަތެއް ހޭދަވާ ކަމަށް ބައިޑެން ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

އޭނާ ވިދާޅުވި ގޮތުގައި އެއީ ހަމައެކަނި އިންސާނިއްޔަތުގެކަމުގެ ދާއިރާއިން އުފެދޭ ކަންބޮޑުވުމެއް ނޫނެވެ. އޭގެ އިތުރުން އެއީ އިގްތިސާދީ ދާއިރާއިންނާއި ސަލާމަތީ ދާއިރާއިން ވެސް އުފެދޭ ކަންބޮޑުވުމެކެވެ.

އެ ކަންބޮޑުވުންތައް ހައްލު ކުރުމުގެ ގޮތުން، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 200 ބިލިއަން ޑޮލަރުގެ ހިލޭ އެހީ، އެމެރިކާއިން ހަމަޖައްސާނެ ކަމަށް ބައިޑެން ވިދާޅުވިއެވެ. މި އެހީ ދިނުމަށް އެމެރިކާ ވިސްނަނީ، އެންމެ ކުޑަކޮށް އާމްދަނީ ލިބޭ ގައުމުތަކަށާއި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.