ޚަބަރު ރައްޔިތުންގެ މަޖިލިސް

ޔޯގާގެ ވާހަކަ ދައްކަނީ ބަޔަކު ވެރިކަމަށް އައުމަށް: މަޙްލޫފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔޯގާގެ މައްސަލަ ހޫނުކޮށް، ރުޅިވެރިކަމާއި ފިތުނަ އުފެއްދުމުގެ އަސްލު މަޤްސަދަކީ ބަޔަކު ވެރިކަމަށް އައުން ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމެންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މަހުލޫފް މިފަދައިން ވިދާޅުވެފައި ވަނީ ގަލޮޅު ދަނޑުގައި ޔޯގާ ދުވަސް ބޭއްވުމާއި އެ ދުވަހު ހިނގި ކަންކަމާ ގުޅޭގޮތުން މިއަދުގެ މަޖިލީހުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިގޮތުން މަޙްލޫފް ވިދާޅުވީ، ޔޯގާ މައްސަލައަކީ ބަޔަކު ސިޔާސީ މަޤްސަދެއްގައި ކުރާ ކަމެއް ކަމަށެވެ.

"ޔޯގާ މައްސަލައަކީ މިހާރު.. އަޅުގަނޑަށް ހީވަނީ ސީދާ ސިޔާސީ ބޭނުމެއްގައި ބަޔަކު ކުރަމުންދާ ކަމެއް. ޕީޕީއެމްއާ، އެމްޑީޕީއާ ހުރިހައި އެންމެން ވެސް 2014އިން ފެށިގެން ފާހަގަ ކުރި ދުވަހެއް ނޫންތޯ. އެހެންވީމަ، މިއީ ވަކި ބޭނުމެއްގައި، ސިޔާސީ ބޭނުމެއްގައި ވަކި ބަޔަކަށް ގެއްލުން ދޭން ބަޔަކު ރާވަމުން އަންނަ ކަމެއް" މަހުލޫފް ވިދާޅުވީ ޔޯގާއާއި މިއުޒިކް އަދި ދެން ވެސް ހުރި ކަމެއްގައި ހަރާމްތޯ ހަލާލްތޯ ސާފުކޮށް ބަޔާން ކުރުމުން އެކަމާ ނޫޅޭނެ ކަމަށެވެ.

"ޔޯގާއާ މިއުޒިކާއި، މި ނޫން ވެސް ކަންކަމުގައި ހަރާމްތޯ ހަރާމް ނޫންތޯ، ސާފުކޮށް އަޅުގަނޑުމެން ކައިރީގައި ބުނީމަ އެ ހިސާބުން އެކަމާ ނޫޅޭކަން. އެހެން ނަމަވެސް ދީނީ ޚިލާފުތައް ހުރި ކަންކަން، ވަކި ޝެއިޚަކު އެއީ ޙަރާމޭ ބުނީމަ ދެން އަޅުގަނޑުމެންވީ ޤަބޫލު ކުރަންވީ.  އަޅުގަނޑު ގަބޫލުކުރަނީ އެހެން ޝޭހެއް ދައްކާވާހަކަ. އެހެންވީމަ އެ ޝޭހު ބުނާ ގޮތަށް އަޅުގަނޑުމެން އުޅެނީ، އަޅުގަނޑު ނުޖެހޭނެ ނޫންތޯ މި ޝޭހު ބުނާ ގޮތަށް އުޅޭކަށް"

މަހުލޫފް ވިދާޅުވީ މި ވިސްނުމުގެ ތެރެއިން ރުޅިވެރިކަމާއި ނަފުރަތު އުފައްދައިގެން ނެރެން ބޭނުންވާ ނަތީޖާއަކީ ވަކި ބަޔަކު ވެރިކަމަށް އައުން ކަމަށެވެ. މިހާރުގެ ކަންކަމަކީ އެ ބޭނުމުގައި ވަރަށް ބޮޑަށް އޮޅުވައިލައިގެން ކުރަމުން އަންނަ ކަމެއް ކަމަށް މަހުލޫފް ވިދާޅުވިއެވެ.

Ads by Ooredoo
  1. ޤާދިރު

    މީ އަޅެފަހެ މުރުތައްދެއްތަ؟

  2. ދިވެހިރާއްޖެ އަބަދުވެސް އޮންނަންޖެހޭނީ އުތީމް ބޮޑުތަކުރުފާނު ޤައުމު ބިނާކުރި ޢަސާސުގެ މަތީގައި ،
    އުތީމް ބޮޑުތަކުރުފާނު ގައުމު ބިނާކުރި އަސާސު .
    1/ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން.
    2/ ދިވެހިންނަކީ ސުންނީ މުސްލިމުން.
    3/ ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިލު އިސްލާމީ ޤައުމެއް.
    4/ ދިވެހިންގެ ބަހަކީ ޢަރަބިތާނަ ދިވެހިބަސް.

  3. ޔޯގާ

    މުންކަރާތްތަކާ ފާހިޝް އަމަލުތައް ހުއްޓުވަން އުޅުމަކީ ވެރިކަން ބޭނުންވެގެން އުޅޭ ބައެއްތޯ ނޫނީ މާތްވެގެންވާ އިސްލާމް ދީން ހިމާޔަތް ކުރުންތޯ މަޚުލޫފޫ؟ މިއަދި ހާދަ ހަޑިމުޑުދާރު ވާހަކަ ދައްކާ މީހެކޭދޯ، މިއުޅެނީ ފަރަންޖީންގެ ގައުމަކާ ގުޅިގެން މިގައުމު ހަލާކުގެ ތެރެއަށް ވައްޓާލަމުންދާ ތިކަހަލަ ޖާހިލުންގެ ކިބައިން މިގައުމު ސަލާމަތްކުރަން،
    މީގެކުރީންވެސް އެތަކެއްފަހަރު ލޮބުވެތގައުމާ މާތްވެގެންވާ އިސްލާމްދީނުގެ ދިފާއުގާ އެތަކެއް މުޖާހިދުންނެއް ވަނީފުރާނައިން ގުރުބާންވެފަ އެބޭބޭފުޅުންވެސް ޖިހާދު ކުރެއްވީ ވެރިކަމުގެ ދަހިވެތި ކަމުގާތޯ މަޚުލޫފޫ؟
    ވެރިކަމުގެ ދަހިވެތިކަމުގާ ތިމާމެން ނޫންތަ ތިއަ މާތްވެގެންވާ އިސްލާމްދީނާއި މި ލޮބުވެތިގައުމު ތި ފަނާކޮށް ކަފުން ކުރަނީ، ކޮބައިތަ ތިމީހުންގެ ލަދުހަޔާތް ކޮބައިތަ ތިމީހުންގެ ފެންވަރަކީ؟!

  4. އިންސާނުނަށް ކުށެއް ކުރެވިދާނެ، ތައުބާ ވީމާ ﷲ ފާފަ ފުއްސަވާނެ ބޮޑާވުމާއި ކިބުރުވެރިކަން އެއީ އިންސާނާގެ ނާކާމިޔާބީ !

  5. ޢަބްދުއްލަޠީފު

    ތިކަހަލަ ސަންގޯރުން ދައްކާ ވާހަކަ އަޑުއަހާނެ ބަޔަކު މިގައުމަކުނެތް. ސަދޫމުގެ ވަރިކަން ނެތި ފަނާވަނީ.

  6. ތުނިޔަ

    މަނޭ ހިތަކަށްނާރާ މާތްﷲ ވޮޑިގެންވާކަންވެސް ޔޯގާ އެއީކޯއްޗެއްކަންެއެގިހުރެ މަނޭ ހިންގިޒަރީމާއެއް ﷲ ގެގަދަފަދައަޒައިބައްބިރުވެތިވޭ ކުރެވުނުކުށައް މާފައް އެދިފާފަފުއްސަވާތޯ ދުޢާކުރޭ ސަރުކާދުގެވެރިން ޖަހާހާ ސަކަރާތުގައިނުޖެހި ﷲ އައްބޯތިރިކުރޭ ވަރަށްސަލާމް

  7. ތުނިޔަ

    މަނޭ ހިތަކަށްނާރާ މާތްﷲ ވޮޑިގެންވާކަންވެސް ޔޯގާ އެއީކޯއްޗެއްކަންެއެގިހުރެ މަނޭ ހިންގިޒަރީމާއެއް ﷲ ގެގަދަފަދައަޒައިބައްބިރުވެތިވޭ ކުރެވުނުކުށައް މާފައް އެދިފާފަފުއްސަވާތޯ ދުޢާކުރޭ މަތީމަގާމެއްލިބި ފާހުއްޓަ ސްލާހުރޭމިހުން ޖަހާހާ ސަކަރާތުގައިނުޖެހި ﷲ އައް ބޯތިރިކުރޭ ވަރަށްސަލާމް