ޚަބަރު

އެމްޕީއެލް ސަރަޙައްދުން އަނިޔާ ލިބުނު ޒުވާނާގެ ގިނަ އޮޕަރޭޝަންތަކެއް ކޮށްފައިވޭ، ހާލު އަދިވެސް ސީރިއަސް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެމްޕީއެލް ސަރަޙައްދުގައި އިއްޔެ ދަންވަރު މީހެއްގެ ގައި މައްޗަށް ޓާރފް ރޯލެއް ވެއްޓި ހިނގި ނުރައްކާތެރި ހާދިސާގައި އަނިޔާވި މީހާގެ ގިނަ އޮޕަރޭޝަންތަކެއް ކޮށްފިއެވެ.

Ads by STELCO

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމީހާގެ ހާލު ސީރިއަސް ކަމަށާއި މިވަގުތު އޮތީ އައިސީޔޫގައި ކަމަށެވެ.

"އެމީހާގެ ގިނަ އޮޕަރޭޝަންތަކެއް ކޮށްފައިވޭ. މިވަގުތު އައިސީޔޫގައި ފަރުވާ ދެމުންދަނީ" އޮފިޝަލު ވިދާޅުވިއެވެ.

މިޙާދިސާގައި އަނިޔާވެފައި ވަނީ އިމްރާން ޢަލީ ކިޔާ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

"މިނާ އިންވެސްޓްމަންޓް" ކިޔާ ކްލިއަރަންސް ގްރޫޕަކުން ޓަރފް ކާޕެޓު ރޯލުތަކެއް ދޯންޏަކަށް އެރުވުމުގެ ތެރޭގައި، އިމްރާންގެ ގައިމައްޗަށް ޓަރފް ރޯލް ވެއްޓިފައި ވަނީ އިއްޔެ ރޭ ދަންވަރު 2:15 ހާއިރެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!