Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދަފްތަރުގައި ޖެހިފައި ތިބި މީހުން ތަމްސީލްކުރަން މަޖިލިސް މެންބަރުން ހޮވަން ގޮވައިލައިފި

ދަފްތަރުގައި ޖެހިފައި ތިބި މީހުން ތަމްސީލްކުރަން މަޖިލިސް މެންބަރުން ހޮވަން ގޮވައިލައިފި

ދަފްތަރުގައި ތިބި މީހުން ތަމްސީލުކުރަން ރައްޔިތުންގެ މަޖިލީހުގައި ވަކި ހާއްސަ ދާއިރާތަކެއް އުފައްދަން ޖެހޭކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އަލީ ހުސެއިން މިހެން ވިދާޅުވީ މާލޭ ސަރަހައްދުން ގޯތި ދޭން ހުޅުވައިލި އިރު ހަމައެކަނި މާލޭ މީހުންނަށް ކުރިމަތިލެވޭ ގޮތަށް އޮތުމުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ އުސޫލުގައި "މާލޭގެ ރައްޔިތެއް" ކަމުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓަރީގައި ޖެހިފައި ނުވާ ފަރާތްތަކަށް ކަމަށް ބަޔާންކޮށްފައިވެއެވެ.

އެ އުސޫލުގެ ސަބަބުން މާލޭގެ ދަފްތަރުގައި ތިބި މީހުންނަށް ގޯއްޗަށް އެދުމުގެ ފުރުސަތު ގެއްލޭއިރު އަލީ ހުސެއިން ވިދާޅުވީ މިހާރު މިވީ ގޮތުން ދަފްތަރުގައި ތިބި މީހުންގެ ޙައްޤުގައި ވަކާލާތުކޮށް އެމީހުން ތަމްސީލު ކުރުމަށް މަޖިލީހުގައި ވަކި ޚާޢްޞަ ދާއިރާތަކެއް އުފައްދަން ޖެހޭ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ގޯތި ދޫކުރާ އުސޫލުގައި މާލޭގެ ރަށްވެހިން ބަލާ މިންގަނޑު ގޯސް ކަމަށް ބުނެ ހައިކޯޓަށް މައްސަލައެއް ހުށަހަޅަން ވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މި މައްސަލަ ހައިކޯޓަށް ހުށަހަޅަން ނިންމައިފައި ވަނީ ގާނޫނު ވަކީލު ޝިހާދު އިބްރާހިމެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް