ޚަބަރު

އާމްދަނީ އިތުރުނުކޮށް ވާން ނެތް ކަމަށް ބުނެ ޖީއެސްޓީ ބޮޑުކުރަނީ

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން

އާންމުންނަށް ވިއްކާ އަސާސީ މުދަލުން ނަގާ ޓެކްސް، ޖީއެސްޓީއާއި ޓޫރިސްޓުން އަތުން ނަގާ ޓެކްސް، ޓީ-ޖީއެސްޓީ ބޮޑު ކުރަން ނިންމައިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ އާމްދަނީއާއި ހަރަދާ ގުޅޭ ސިޔާސަތުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށާއި ނޫން ނަމަ އޭގެ ގެއްލުން އިގްތިސޯދަށް ކުރާނެ ކަމަށެވެ.

އެގޮތުން ބަދަލު ނުގެނެސްފި ނަމަ، މިހާރު ހަރަދުތައް ހުރި ގޮތުން 2024ގައި 46 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ޖެހޭނެ ކަމަށާއި އަދި ބަޖެޓު 2025ވަނަ އަހަރު ދައުލަތުގެ އާމްދަނީ 30 ބިލިއަނަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަދި މިހާރު ހާލަތު ހުރި ގޮތުން ދުނިޔޭގެ އެހެނިހެން ގައުމުތަކުން ދަރަނި ހޯދުން ވެސް ވަނީ އުނދަގޫ ކަމެއްގެ ގޮތުގައި އަމީރު ފާހަގަކުރެއްވިއެވެ.

އާމްދަނީ އިތުރުކުރުމަށް ޓަކައި ހުށަހަޅާ ކަންކަމުގެ ތެރޭގައި ހިމެނެނީ ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރާށެވެ.

މީގެ އިތުރުން ހަރަދުގެ ބައެއް ފިޔަވަޅުތަކުގެ ގޮތުގައި ސަބްސިޑީ ރީފޯމް ކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކޮށް ދައުލަތުގެ ބަޖެޓަށް ބަރޯސާވުން ކުޑަ ކުރުމަށާއި އިތުރު މަޝްރޫއުތައް ފެށުން މަޑު ޖައްސަން ވަނީ ނިންމައިފައެވެ. އަދި ހިންގުމުގެ ހަރަދުތައް ކޮންޓްރޯލް ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!