ޚަބަރު

މީކާއީލްގެ ނުރުހުން ސިރާޖަށް: މާލޭ މީހަކަށް ގޯތި ނުލިބޭތާ 40 އަހަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މެމްބަރު މީކާއިލް އަހުމަދު ނަސީމް (ގަލޮޅު ދެކުނު) -- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

މާލޭ ސަރަހައްދުން ހިލޭ ގޯތި ދިނުމަކީ ދައުލަތަށް އެންމެ އިންސާފުވެރި އަދި ފައިދާ ހުރި ގޮތްތޯ ބަލަން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމު ނުރުހުން ފާޅު ކުރައްވައިފިއެވެ.

Ads by Hajj Corporation

މާލޭ ސަރަހައްދުން 5،000 ގޯތި މާލޭގެ ރައްޔިތުންނަށް ދޫކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ.

މިކަމާ ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސިރާޖު ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ސަރުކާރުގެ ދަރަނި ބޮޑުވެފައި ވަނިކޮށް، 48 ބިލިއަން ރުފިޔާގެ އަގުހުރި ބިން ހިލޭ ދިނުމަކީ ބޮޑު ބޭއިންސާފެއް ކަމަށެވެ.

ސިރާޖުގެ ވާހަކަތަކަށް ރައްދު ދެއްވަމުން މީކާއިލް ވިދާޅުވީ، ރައީސް ނަޝީދުގެ ސަރުކާރުގައި ވެށިފަހި މާލޭގެ ދަށުން ދޫކުރެވުނު 250 އެއްހައި ގޯތި ފިޔަވާ ފާއިތުވީ 40 އަހަރު ވެސް މާލޭ އާދައިގެ ރައްޔިތަކަށް މިސަރަހައްދުން ގޯއްޗެއް ލިބިފައެއް ނެތް ކަމަށެވެ.

އަދި ބަޔަކު އުސް އިމާރާތްތަކެއް ހެދި ނަމަވެސް، އެއީ މާލޭގެ އަޤްލަބިއްޔަތުގެ ހާލަތު ނޫން ކަމަށް ވިދާޅުވިއެވެ.

"މުނިމާމަ ކާފަގެ ގޯތި ފޮތިފޮތި ކުރަމުން ގޮސް، 8 ފޫޓު 10 ފޫޓު ކޮޓަރީގައި ކުރުއަތްމައްޗަށް ބޯލައިގެން3،4 މީހުންނާ އެކު ނިދާ މާލޭ މީހުން މަދެއް ނޫން. އުސް އިމާރާތްތައް ނިސްބަތް ވަނީ މާލޭގެ މަދު، މުއްސަނދި އާއިލާތަކަށް؛ އެއީ މާލޭގެ އަޣްލަބިއްޔަތުގެ ހާލަތެއް ނޫން." މީކާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

މީކާއީލް އިތުރަށް ވިދާޅުވީ، މާލޭގެ ރައްޔިތުން މި މަޝްރޫއަށް އިންތިޒާރު ކުރަމުން އަންނަތާ، އެތައް އަހަރެއް ވެއްޖެ ކަމަށާއި އެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހުރަސް އެޅޭނޭ އެއްވެސްކަމެއް ނުކުރުމަށް ވަރަށް އިހްތިރާމާ އެކު ދަންނަވާ ކަމަށެވެ.

Ads by Ooredoo
  1. ރައްޖެ ތެރޭމީހާ

    ސިރާޒު މާތާހިރުވާނެ ކަލޭގެ ދާއިރާގެ ރައްޔިތުން ކަންތައްތަށް ބެލިއްޔާ.