ޚަބަރު

ނާޒިމްގެ ވަކީލުގެ ކަމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓަން އެދިއްޖެ

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި މަޝްހޫރު ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރުކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވުމާ ގުޅިގެން އޭނާގެ ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ހިފެހެއްޓުމަށް ބާ ކައުންސިލްގައި އެދިއްޖެއެވެ.

Ads by Sosun Fihaara

ނާޒިމް ސައްތާރަކީ ބާކައުންސިލުގެ ހުއްދަ ލިބިގެން ގާނޫނީ ވަކީލުކަމާއި ލޯފާމްތަކާއި އެހެނިހެން ގާނޫނީ މަސައްކަތްތައް ކުރައްވާ ބޭފުޅެއްކަން ފާހަގަކޮށް ގާނޫނީ ވަކީލު އަޙުމަދު ޠާލިބު ސޮއިކޮށް ބާ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެހެން ނަމަވެސް ނާޒިމްގެ ވީޑިއޯއާ ގުޅިގެން ވަކީލުންގެ އިތުބާރު ގެއްލެމުން އަންނަ ކަމަށެވެ.

"ނާޒިމްގެ މިފަދަ މައްސަލަތަކެއް ފެންމަތިވެ ތަހުގީގުކުރެވެމުންދާ ވަގުތެއްގައި ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް މީނާ ހާޒިރުވެ ގާނޫނީ މަސައްކަތް ކުރަމުންދާކަމަށްވާ ނަމަ ރާއްޖޭގެ ވަކީލުންނާއި ބާކައުންސިލާ މެދު މީހުންގެ މެދުގައި އޮންނަ އިތުބާރު ގެއްލި، ވަކީލުންގެ ޕްރެޓާނިޓީގެ ހުރި މުޤައްދަސުކަމަށް ބުރޫއަރާ ތި އިދާރާއަށް ނުހަނު ބޮޑު ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބިދާނެތީ،" ސިޓީގައި ބުނެފައިވެއެވެ.

މި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލައިދިނުމަށް ވެސް އެދިފައިވެއެވެ.

އާންމުވި ވީޑިއޯއެއްގައި ފެންނަނީ ކޮޓަރިއެއްގެ ތެރޭގައި ބަރަހަނާވެގެން ބަޔަކު އެއްޖިންސުން ގުޅުން ހިންގާ ތަނެވެ. ނާޒިމް ވަނީ ވީޑިއޯގައި ފެންނަނީ އޭނާ ނޫން ކަމަށާއި އެއީ ބްލެކްމެއިލްކުރަން ބަޔަކު ހަދައިގެން އުޅޭ އެއްޗެއް ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

ވީީޑިއޯއާ ގުޅިގެން ނާޒިމްގެ ޖިނާއީ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، ކޯޓު އަމުރެއްގެ ދަށުން އޭނާގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!