ޚަބަރު

ވަލު ޖަނަވާރެއް ގޮތަށް ސިފަ ކުރިޔަސް ކެތްތެރިކަން ހޯދަނީ ނަމާދުން: ކާނަލް ނަޝީދު

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން
ކާނަލް ނަޝީދު-- ފޮޓޯ: ސަން

ދައުރުވަމުންދާ ވީޑިއޯތަކުގައި ބަރަހަނާކޮށް ހުރީ އޭނާ ނޫންކަން ތަކުރާރު ކުރައްވައި، ނަމާދުން ކެތްތެރިކަން ހޯދާނެކަމަށް ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެއެވެ.

Ads by STELCO

ކާނަލް ނަޝީދު ކަމަށް ބެލެވޭ މީހަކާ ހައި ޕްރޮފައިލް ގިނަ ބަޔަކާ އެކު އެއް ޖިންސުން ގުޅުން ހިންގައިފައިވާކަމަށް ތުހުމަތުކުރެވޭ އަލަމްގިރި ބަދުއަހުލާޤީ އަމަލު ހިންގަނިކޮށް ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ޕާސްޕޯޓު ވެސް ފުލުހުން ވަނީ ހިފަހައްޓައިފައެވެ.

ނަޝީދުގެ އިތުރު ވީޑިއޯއެއް އާންމުވެފައިވާ އިރު، އޭނާ ފޭސްބުކުގައި ކުރެއްވި ސްޓޭޓަސްއެއްގައި ވިދާޅުވީ އެއްވެސް މީހަކީ ފާފަތައް ނުކުރާ މީހެއް ނޫން ކަަމަށާއި ކަނޑުގެ ފޮނުގަނޑަށް ވުރެ ފާފަ ގިނަވިއަސް އެކަލާނގެ ފުއްސަވާދެއްވާނެ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ނަޝީދަށް ފުރައްސާރަކުރާ މީހުންގެ ފަތިފުށް ބަލައިއިފި ނަމަ މާ ގިނަ ފާފަކޮށްފައި ހުންނާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

"އަޅުގަނޑުގެ މުޅި ހަޔާތް މި ހޭދަކުރީ މީހުންގެ ކަންކަން ކޮށްދިނުމުގައި. މިއަދު އަޅުގަނޑަކީ ވަލުޖަނަވާރެއްގެ ގޮތަށް ބަޔަކު ސިފަ ކުރަން އުޅުނަސް އެކަން ނުވާނެ. އަޅުގަނޑު ކެތްތެރިކަން ހޯދަނީ ނަމާދުން،" ކާނަލް ނަޝީދު ވިދާޅުވެފައިވެއެވެ.

ދައުރުވަމުންދާ ވީޑިއޯތަކުގައި ބަރަހަނާ ކޮށް ހުރީ އޭނާ ނޫންކަން ތަކުރާރުކުރައްވައި ބްލެކްމެއިލް ކުރި ނަމަވެސް އެއްވެސް ފައިސާއެއް ނުދޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެކުރިން ކާނަލް ވަނީ ދައުރުވަމުންދާ އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުގައި ފެންނަ ކޮޓަރިއަށް ދިޔަކަމަށް އެއްބަސްވެފައެވެ. އޭނާ ވިދާޅުވީ އެ ކޮޓަރިއަށް ދިޔައީ ވިޔަފާރި ބައްދަލުވުމަކަށް ބަޔަކު ދައުވަތު ދިނުމުން ކަމަށެވެ. އަދި ބަދުއަހުލާޤީ އެއްވެސް އަމަލެއް ހިންގައިފައި ނުވާނެކަމަށް ވެސް ކާނަލް ވިދާޅުވިއެވެ.

Ads by Ooredoo
  1. ކަލެ ދެން އަގަ ނުގަޅަ ހުރެބަލަ

    • ކޮންއެއްޗެއްކިޔަވައިގެންހުރީ

      ނަޝީދުގެ އިތުރު ވީޑިއޯއެއް އާންމުވެފައިވާ އިރު، އޭނާ ފޭސްބުކުގައި ކުރެއްވި ސްޓޭޓަސްއެއްގައި ވިދާޅުވީ އެއްވެސް މީހަކީ ފާފަތައް ނުކުރާ މީހެއް ނޫން ކަަމަށާއި ކަނޑުގެ ފޮނުގަނޑަށް ވުރެ ފާފަ ގިނަވިއަސް އެކަލާނގެ ފުއްސަވާދެއްވާނެ ކަމަށެވެ.އެހެން ހިތައްއަރުވައގެން ކަލޭ އެކަން ކޮއްފިނަމަ ތިޔަހަރީ މުރުތައްދުވެފަ ކަލެޔައް އެނގޭބާ އެފާފައިގެ ސަބަބުން ގަދަޢަޒާބުގަ ކަލޭ ދެމިހުންނާނީ ކިތައްހާސް އަނހަރުކަން ކެއްކުރެވޭނެބާ

  2. މުުޙައްލަދު މޫސާ

    ކާނަލްއަކީީ ރަނގަޅު މީހެއް. އޭނާއަށް ކުށެއްކުރެވުނަސް މީޑިިޔާ ގައި މާބޮޑުވަރު ތިއަރުވާލަނީ

  3. އަލަމްގިރި

    ނަމާދޭ ތީނަތިކިޔާއިރު ނަމާދުކުރަން ތީނައަށް އިނގޭތޯ ބެލުން ވަރަށް މުހިންމު.

  4. ކާނަލް ގިރި

    ކޮން ކޮންޑަމެއްތަ އެ ނެގީ އޭގެ ހަގީގަތް ހާމަކޮށްދޭން ކެރޭނެތަ

  5. ތާޑީ

    ކުޅި ކުޅެފަ ޝޭޚް އަކައް ބަދަލުވީދޯ

  6. ޢަހްމަދު

    ބަހާއި އަމަލާއި ދިމާ ނުވުމަކީ މުނާފިގުންގެ ސިފައެއް ، އޮރިޔާމުން ހުސްޖަނގިޔާ އަށްހުރި ފިރިހެނަކާއި އެކީ އެކޮޓިރީގައި އުޅުނުގޮތް އެބަހުރި ފެންނަން ! ﷲ އަށް ބިރުވެތިވާ ނަމާދަށް ލޯބިކުރާ މީހަކު އޮޅިގެން އެފަދަ ކޮޓަރިއެއްގައި ނުހުންނާނެ

  7. ޢަބުސީ

    ތީ ވަލުޖަނަވާރަށް ވުރެ އަހުލާގު ނުބައި ކާހިނެއް..މަތީތަނަކުން ވައްޓާލާ މަރާލަންވީ