މިއަހަރުގެ ހައްޖުގެ އަޅުކަމުގައި 1 މިލިއަން ހައްޖާޖީން ބައިވެރިވާއިރު، މީގެ ތެރެއިން 850،000 ހައްޖާޖީންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންނެވެ.
މިނާގައި ތިބި ޙައްޖުވެރިންނާ ރައީސް ޞާލިޙް ބައްދަލު ކުރައްވައިފި

ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި އަހަރު، ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ގޮސް ތިބި ދިވެހިންނާ މިނާގައި ބައްދަލު ކުރައްވައި އެ ފަރާތްތަކުގެ ޙާލުއަހުވާލު އޮޅުން ފިލުއްވައިފިއެވެ.
މިނާގެ ފޭލިގެތަކުގައި ތިބި ދިވެހި ޙައްޖުވެރިންގެ ޙާލު ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެސް ވަޑައިގެންނެވިއެވެ.
މިއަހަރު ރާއްޖެއިން 453މީހަކު ވަނީ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ވަޑައިގެންނެވީ ޖުލައި 4 ވަނަ ދުވަހުގައެވެ.
ހެޔޮ ރަނގަޅު ގުޅުމެއް. ސަލާމް ފަތުރާލައްވާ އަދި ކާންދެއްވާ. އޯގާތެރިވެ ލައްވާ މާތް الله ތިބާޔަށް އިތުރުކޮށްދެއްވާނެ. ان شاءالله