Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އެއް ޖިންސުން ގުޅުން ހިންގި އަލަމްގިރް ހައްޔަރުކޮށްފި

އެއް ޖިންސުން ގުޅުން ހިންގި އަލަމްގިރް ހައްޔަރުކޮށްފި

ގިނަ ބަޔަކާ އެކު އެއްޖިންސުން ގުޅުން ހިންގައި އެ އަމަލު ވީޑިއޯކުރިކަމުގެ ތުހުމަތު ކުރެވޭ އަލަމްގިރި ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު ހަވީރުގެ ވަގުތެއްގައި އަލަމްގިރި ހައްޔަރުކޮށްފައި ވަނީ އޭނާ ދިރިއުޅޭ ގެސްޓްހައުސްގައި ހުއްޓައެވެ.

އަލަމްގީރް ހައްޔަރުކުރި އިރު އޭނާގެ ޕާސްޕޯޓް މީގެ ކުރިން އޮތީ ހިފަހައްޓައިފައެވެ. އަދި މީގެ ކުރިން އޭނާ ފުލުހަށް ހާޒިރުކޮށް ބަޔާނެއް ވެސް ނަގައިފައިވެއެވެ.

Advertisement
Allied — Dhen Online (box)

އޭގެ އިތުރުން އޭނާއާ އެކު ވީޑިއޯއިން ފެންނަ އިތުރު ބައެއްގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފައެވެ. ޕާސްޕޯޓު ހިފެހެއްޓި މީހުންގެ ތެރޭގައި ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ހިމެނެއެވެ.

މީގެ އިތުރުން އަލަމްގިރިއާ އެކު ފުލުހަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް މި ފަހުން ލީކުވިއެވެ. އެ މައްސަލައިގައި އޭނާ ސަސްޕެންޑްކޮށް، މައްސަލަ ބަލަން ފަށައިފައި ވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް