ޚަބަރު

މިރޭގެ ހަނދު ބޮޑުވެފައި އަލިގަދަ ވާނެ: މައުމޫން

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން

މިރޭގެ ހަނދު ބޮޑުވެފައި އަލިގަދަ ވާނެ ކަމަށް ފަލަކީ މާހިރުން ބުނާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިރޭ ފެންނަ 14 ވިލޭރޭގެ ހަނދަކީ މާހަނދެއް ނުވަތަ ސުޕަމޫން އެކެވެ. މިކަމާ ގުޅިގެން މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިރޭގެ ހަނދު އެހެން މަސްމަހު ފެންނަ ހަނދަށް ވުރެ ފުރިހަމަ ވާނެ ކަމަށެވެ.

"މިރޭ ފެންނަ މާހަނދު އެހެން މަސްމަހު ފެންނަ ފުރިހަމަ ހަނދަށް ވުރެ ގާތްގަނޑަކަށް %7 ބޮޑުވެފައި %15 އަލި ގަދަވާނެ ކަމަށް ފަލަކީ މާހިރުން ބުނޭ." ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ އުޑުމަތި ސާފުނަމަ، މިރޭގެ ހަނދު ވަރަށް އާދަޔާ ހިޔާލު މަންޒަރަކަށް ވާނެ ކަމަށެވެ. އަދި ހަނދު ބަލައިލަން އާންމުން ދިއުމަށް ވެސް އެދިވަޑައިގެންފައިވެއެވެ.

މިރޭގެ ހަނދު އަރާނީ ރާއްޖެ ގަޑިން 06:09 ގައެވެ. މިރޭގެ ހަނދަކީ ސުޕަ ފުލް މޫންއެކެވެ.

މާ ހަނދު ނުވަތަ ސުޕަ މޫން ފެންނާނީ އާންމުކޮށް ހަނދު ފެންނަ ވަރަށްވުރެ 17 ޕަސެންޓް ބޮޑުކޮށް، 30 ޕަސެންޓް އަލި ގަދަކޮށެވެ. އުޑުމަތި ސާފު ރެއެއްގައި ސުޕަމޫން ފެންނަގޮތް ހާއްސަވަނީ އެހެންވެ އެވެ.

 

Ads by Ooredoo
  1. ޜަމީޒު

    މީ އަނެއްކާ އަނެއް ކަންތައް. ޔާމީން ހެދީ ރަގަޅަށް ވަކިރަށެއްގަ މީނަ ބަހަށްޓަންވީ. ޢޭރރުން ހަނދު ބަލާ ހީނ ރޮއި ހަދަން އިދެދާނެނު. ޤައުމަށް މިދިމާވެގެން އުޅޭ އެއްވެސް ކަމަކަށް އެއްޗެއް ބުނަނީކީނޫން ކުރީގެ ރައީސްގެ ފައިސާ ކާލަކާލާ ޕާޓީއެއް ހަދަިގެން ހަނދު ބަލާލަބަލާލާ.