ޚަބަރު

މަރަށް ބިރަށް، ލަންކާގައި ހުރިނަމަ ގޮޓަބަޔާއަށް އިސްތިއުފާ ނުދެއްވުނީސް: ރައީސް ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ލަންކާގެ ރައީސް ގޮތަބަޔާ ރާއްޖަޕަކްސައާމެދު ރާއްޖެއިން ކަންތައްކޮށްފައިވާ ގޮތަށް، މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ތައުރީފް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، ރައީސް ގޮޓަބަޔާ މިއަދު އިސްތިއުފާ ދެއްވުމުން ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ގޮޓަބަޔާ ރާއްޖެ ގެނައުމަށާއި ފުރުވާލުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެވީ ރައީސް ނަޝީދު ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައީސް ގޮޓަބަޔާ އިސްތިއުފާ ދެއްވުމުން ލަންކާ ކުރިޔަށްދާނެ ކަމަށާއި އެކަން މަގުފަހިވީ ލަންކާއިން އޭނާ ފުރުމުގެ ފުރުސަތު ލިބުމުން ކަމަށެވެ.

"ފުރާނައަށް ބިރަށް ލަންކާގައި ހުރި ނަމަ އިސްތިއުފާ ނުދެއްވީސް" އިނގިރޭސިބަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

މިހާރު ގޮޓަބަޔާ ހުންނެވީ ސިންގަޕޫރުގައެވެ. ރައީސް ގޮޓަބަޔާ އިސްތިއުފާ ދެއްވާފައިވަނީ ރައްކާތެރި މާހައުލަކަށް ވަޑައިގަތުމަށްފަހުގައި ކަމަށް ވެއެވެ. ނަމަވެސް  ގޮޓަބަޔާ ސިންގަޕޫރަށް ވަޑައިގެންފައިވާ ކަމަށާއި، އައިސްފައިވަނީ އެމަނިކުފާނު އެ ގައުމަށް ވަޑައިގެންނެވީ އަމިއްލަ ދަތުރުފުޅެއް ގައި ކަމަށް ސިންގަޕޫރު ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި ހިމާޔަތް ހޯއްދަވާފައި ނުވާ ކަމަށާއި އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް ވެސް ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން ހާމަކުރެއެވެ.

  1. ފާދިރީ

    ޢެއްކަލަ ރުނޑި އަނގަފެޅީދޯ

  2. އަހުމަދު

    އެހެންވީމަ އިސްތިއުފާގެ ކަންކަން މި ހަމަޖެއްސީ މިކަލޭގެތާ.

    • ސޫތުކުޅި

      އިސްތިއުފަާ ދެއްވުމުގެ ރިކޯޑް އޮންނަނީ މިކަލޭގެ އަތުގަޔޯ