ދުނިޔެ

ބޭނުންވި ކޮންމެ އެހީތެރިކަމެއް ލަންކާއަށް ދޭން މިއޮތީ ތައްޔާރަށް: އިންޑިއާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސްރީ ލަންކާގައި ޑިމޮކްރަޓިކް އުސޫލުތައް ހިފަހައްޓާ، އެޤައުމުގައި ހަމަޖެހުން ޤާއިމްކޮށް، އިޤްތިޞާދު ނެގެހެއްޓުމަށް އިންޑިއާއިން ތައްރަށް އޮތް ކަމަށް އިންޑިއާ އިން ލަންކާއަށް ކަނޑައަޅުއްވާފައިވާ ހައިކޮމިޝަނަރު ގޯޕާލް ބަގްލޭ ވިދާޅުވެއްޖެެވެ.

Ads by Sosun Fihaara

ބަގްލޭ މިހެން ވިދާޅުވީ. އާ ރައީސަކު ހޮވުމަށް ލަންކާގެ މަޖިލީހުން މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި ލަންކާގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދެނާއަށް ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަޔަފުޅުގައެވެ.

އިންޑިއާއިން ވަނީ ލަންކާގެ އިޤްތިޞާދީ ކާރިސާއިން އަރައިތުމަށް ހިލޭ އެހީތަކާއި ލޯނުތައް ފޯރުކޮށްދީފައެވެ.

ގޯޕާލް ބަގްލޭއާ މަޖިލީހުގެ ރައީސްއާ ދެމެދު ވަނީ ދެ ޤައުމުން އެކުގައި ކުރެވޭނެ ބައެއް މަސައްކަތްތަކާއި ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. އަދި ލަންކާގ އައު ރައީސަކު ހޮވުމުގައި ޑިމޮކްރަޓިކް އުސޫލުތަކާ އެއްގޮތަށް އަމަލު ކުރައްވާނެކަން ޤަބޫލު ކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ހުކުރު ދުވަހު ލަންކާގެ މައި އިދިކޮޅު ލީޑަރު ސާޖިތު ޕްރެމަދާސާ ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައެވެ. އިންތިޚާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް ހާމަކޮށްފައިވަނީ އެމަނިކުފާނު އެކަންޏެވެ.

ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވާފައިވާތީ، ގާނޫނު އަސާސީއާ އެއްގޮތަށް، ރައްޔިތުންގެ މަޖިލީހުން އަންނަ ހަފްތާގައި އާ ރައީސަކު އިންތިޚާބު ކުރުމަށް ވަނީ ނިންމަފާވައެވެ. މިހާރު ލަންކާގެ އެކްޓިން ރައީސަކީ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެވެ.

ލަންކާގެ ކުރީގެ ރައީސް ގޮޓަބަޔާ ވަނީ އަމިއްލަ ޤައުމުން ފިއްލަވާފައެވެ. މީގެ އިތުރުން ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި ކުރީގެ ފިނޭންސް މިނިސްޓަރު ބާސިލް ރާޖަޕަކްސަ ލަންކާއިން ބޭރަށް ފުރުން ވަނީ މަނާކޮށްފައެވެ.

  1. އެކަމަކު ހުރިހާވަޒީފާތަކެތްދޭންޖެހޭނީއިންޑިޔާމީހުނަން