ލަންކާގެ ރައީސް އިންތިޚާބު ކުރުމަށް ނުފޫޒެއް ނުފޯރުވަން: އިންޑިއާ

ލަންކާގެ ރައީސަކު ހޮވުމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން އިއްޔެ ނެގި ވޯޓަށް ނުފޫޒު ނުފޯރުވާ ކަމަށް އިންޑިއާއިން ވިދާޅުވެއްޖެއެވެ.
ރައީސް ކަމުގެ މަޤާމަށް އިންޑިއާއިން ބޭނުންވާ ފަރާތެއް އިންތިޚާބު ކުރުމަށް ފައީސާ ޚަރަދު ކުރި ކަމަށް ލަންކާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
މިކަމާ ގުޅިގެން ލަންކާގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިންޑިއާއިން އެހެން ޤައުމެއްގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަންނާނެ ކަމަށާއި ޑިމޮކްރަސީގެ އުސޫލުތަކަށް އިންޑިއާއިން އަބަދުވެސް އިޙްތިރާމް ކުރާ ކަމަށެވެ.
އިއްޔެ ނެގި ވޯޓުން އިންޑިއާގެ ރައީސް ކަމަށް އިންތިޚާބު ވެފައިވަނީ، އެ ޤައުމުގެ ބޮޑު ވަޒީރު ރަނިލްއެވެ.
ރަނިލް އަށް ގައުމުގެ ރައީސްކަން ލިބިވަޑައިގެންފައި ވަނީ މެއި މަހު ބޮޑުވަޒީރަކަށް އައްޔަންކޮށްފައި ވަނިކޮށް ރައީސް ގޮޓަބަޔާ ރާޖަަޕަކްސާ މި މަހުގެ 14 ގައި އިސްތިއުފާ ދެއްވުމާ އެކީގަ އެވެ. އެހެންވެ ރަނިލް ރައީސްކަމުގައި ހުންނަވާނީ ގޮޓަބަޔާގެ ދައުރު ހަމަވަންދެން 2024 އާ ހަމައަށެވެ.
ރަނިލް، 73، އަކީ ކުރިން ވެސް ރައީސްކަމަށް ވާދަކުރެއްވި އަދި ބޮޑުވަޒީރުކަން ހަ ފަހަރެއްގެ މަތިން އަދާކުރެއްވި ލަންކާގެ ތަޖުރިބާކާރު ސިޔާސީ ލީޑަރެކެވެ.