Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ނާޒިމް ސައްތާރުގެ ބަންދަށް ހަތް ދުވަސް ޖަހައިފި

ނާޒިމް ސައްތާރުގެ ބަންދަށް ހަތް ދުވަސް ޖަހައިފި

އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ، މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުގެ ބަންދަށް 7 ދުވަސް ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގަ އެވެ. އެގޮތުން އޭނާގެ ބަންދަށް ހަތް ދުވަސް ޖެހީ އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންނެވެ.

ނާޒިމް ސައްތާރު ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކީ އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތު ކުރެވޭ މީހުންނާއި ލިވާތާ ގުޅޭ އެހެން މައްސަލަތަކުގައި ތުހުމަތުވާ މީހުން ހައްޔަރުކުރަން ފުލުހުން މިއަދު ފެށި އޮޕަރޭޝަނުގެ ތެރެއިންނެވެ.

Advertisement
HDC — Sidebar (box)

މި މައްސަލައާ ގުޅިގެން ނާޒިމްއާއެކު ފުލުހުން މިހާތަނަށް ވަނީ އިތުރު ދެ މީހަކު ހައްޔަރުކޮށްފަ އެވެ.

ނާޒިމް އެއް ޖިންސުން ގުޅުން ހިންގި ވީޑއޯ އާންމުވިއިރު، އެ ވީޑިއޯގައި ފެންނަނީ ކޮޓަރިއެއްގެ ތެރޭގައި ބަރަހަނާވެގެން "ނާޒިމް" އެއްޖިންސުން ގުޅުން ހިންގާ ތަނެވެ. އަދި އޭނާއާއެކު ގުޅުން ހިންގާ ފިރިހެން މީހާ އަކީ ބަންގްލަދޭޝް މީހެއް ކަމަށް އެތައް ބަޔަކު ބުނެފައިވެ އެވެ. ނަމަވެސް ނާޒިމް ވަނީ ވީޑިއޯގައި ފެންނަނީ އޭނާ ނޫން ކަމަށާއި އެއީ ބްލެކްމެއިލްކުރަން ބަޔަކު ހަދައިގެން އުޅޭ އެއްޗެއް ކަމަށް ބުނެފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް