ޚަބަރު

ރައީސް ނަޝީދުގެ ދޮގު ވާހަކަތައް ޤަބޫލުކޮށް އަނިޔާވެރިވި ފަރާތްތަކަށް މައާފްކޮށްފިން: ޑރ.ވ ވަހީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު، އެ މަނިކުފާނު ދެއްކެވި ވާހަކަތައް ގަބޫލުކޮށްގެން އަނިޔާދިން މީހުންނަށް މައާފުކުރައްވާ ކަމަށް ނަޝީދުގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިހާރު އިދިކޮޅު ކޯލިޝަންގެ މުސްތަޝާރުގެ މަޤާމުގައި ހުންނެވި ޑރ. ވަހީދު މިފަދައިން ވިދާޅުވެފައިވަނީ، މަޖިލީހުގެ ރައީސް، ރައީސް ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ އިސްތަށިފުޅުގައި އެޅުއްވި ޒިނޭގެ ތުހުމަތުތަކާ ގުޅިގެން ގިނަ ބަޔަކު ނަޝީދަށް ނުރުހުން އަމާޒުކުރާ ދަނޑިވަޅެއްގައި މީހަކު ކުރި ޓުވީޓަކަށް ދެއްވި ޖަވާބެއްގައެވެ.

ވަލީއުއްދީން ޕުޓިންގެ ނަމުގައި އިން އެކައުންޓަކުން ކުރި ޓްވީޓެއްގައި ބުނީ ނަޝީދުގެ އަމަލުތައް މ،ިރު ހުރި ގޮތުން މިއަދު ކޮންޓްރޯލުން ނެއްޓިފައިވާ މީހަކާ އެކީ ރައީސް ވަހީދަށް ވެރިކަން ކުރައްވަން ކިހާ އުނދަގޫ ކަމަކަށް ވާނެކަން އިހުސާސްކުރެވޭ ކަމަށެވެ. އެހެންވެ ބާގީ އަށް ގޮވުނީތީ މައާފަށް އެދޭ ކަމަށް އޭނާ ބުންޏެވެ.

އެ ޓްވީޓްގެ ރައްދުގައި ޑރ. ވަހިދު ވިދާޅުވީ ނަޝިދު އިސްތިއުފާ ދެއްވުމަށް އުފެއްދެވި ދޮގު ނެރޭޓިވް ގަބޫލުކޮިށް އެ މަނިކުފާނަށާއި އާއިލާ އަށް އަނިޔާވެރި ބަސްތަކާއި އަމަލުން ރައްދުކުރި ފަރާތްތަކަށް މައާފުކުރައްވާ ކަމަށެވެ.

"އަދި އަޅުގަނޑުގެ ރައިސްކަމުއި އެއްވެސް ފަރާތަކަށް ނުހައްގުން އަނިޔާއެއް ލިބުނު ނަމަ މައާފުކުރެއްވުން އެދެން." ވަހީދު ވިދާޅުވިއެވެ.

  1. ވަހީދު ކިހާ ރަނގަޅު

  2. ރަގަޅު މާއާފު ކުރުމާއި މަޢާފަށް އެދެވޭނީ ހިއްވަރު ހުންނަށް ޤާބިލް މީހުނަށް !