Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ހއ.އަތޮޅުން ފެށިގެން އދ.އަތޮޅުގެ ސަރަހައްދުތަކަށް މިއަދުގެ 12:30 އިން ފެށިގެން ހަވީރު 16:30 އާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވާ ކަމަށެވެ.

އަދި އެ ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. އޭގެއިތުރުން އެ ސަރަހައްދުތަކުގެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

Advertisement
Allied — Dhen Online (box)

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ރާއްޖޭގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި ބައެއް ރަށްރަށަށް ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ.

ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް