ޚަބަރު

ސަންދޯއް އުފުލައިގެން ކިނބިދޫ މީހުން ނެށި ނެށުމާއި ގުޅޭގޮތުން ޑރ.އިޔާޒު ޖަވާބު ދެއްވައިފި

ދެން އެމްވީ ، ދެން އޮންލައިން

މިއަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމުގެ ގޮތުން ތ.ކިނބިދޫގައި ހިންގި ހަރަކާތްތަކުގައި ސަންދޯއް އުފުލައިގެން ބަޔަކު ނަށާފައިވާތީ އެކަމާއި ގުޅޭ ގޮތުން ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޑރ.މުޙައްމަދު އިޔާޟް ޢަބުދުއްލަތީފް ޖަވާބު ދެއްވައިފިއެވެ.

Ads by MWSC

ޑރ. އިޔާޟް މިރޭ އެކަމަށް ޖަވާބު ދެއްވާފައިވަނީ ދީނީ ހޭލުންތެރިކަން އިތުރުކޮށް މީހުންގެ ހިތްތަކުގައި އުފެދޭ ދީނީ ސުވާލުތަކަށް ޖަވާބު ދިނުމަށް އެމަނިކުފާނު ހިންގަވާ އެތައް ވައިބަރ ގުރޫޕެއްގައެވެ.

އެ ވައިބަރ ގުރޫޕަށް މީހަކު ފޮނުވި ސުވާލެއްގައި ބުނެފައިވަނީ ''ތ.ކިނބިދޫ މީހުން ސަންދޯއް ހިފައިގެން ޑާންސް ކުރާ ގޮތަށް ، ޢީދު ފާހަގަކުރަން ޑާންސް ކޮށްފައި އެބަވޭ، ގިނަ މީހުން އެ ޑާންސް ވީ މަޖާ ކަމަކަށް ، މޮޅު ކަމަކަށް ، އަހަރެންނަށް އެ ސިފަވީ އެއީ ވަރަށް ދެރަ ކަމެއްގެ ގޮތުގައި، މިއީ ގޯސް ކަމެއް ނަމަ އެއީ ކިހާ ގޯސްކަމެއްތޯ" އެވެ.

މި ސުވާލުގެ ޖަވާބުގައި ޑރ.ޢިޔާޟް ވިދާޅުވީ ''ޢީދުގެ އުފާ ފާހަގަ ކުރަން އިސްލާމްދީން މަނާ ކުރައްވާފައިވާ ކަމެއް ކުރުމުން އެއީ މަޖާކަމަކަށް ވެގެން އެކަމަށް ތާއީދުކޮށް ހެދުމަކީ ރަނގަޅު ކަމެއް ނޫން" ކަމަށެވެ.

ކިނބިދޫގެ އިތުރުން ބައެއް އެހެން ރަށްރަށުން ވެސް ފެނިގެންދިޔަ މި ނެށުމާއި ގުޅިގެން ބައެއް އެހެން ޢިލްމުވެރިން ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މަރުގެ ވަގުތަކީ ހިތާމަވެރި ބިރުވެރި ވަގުތެއް ކަމަށާއި އެއީ ޢާއިލާ މީހުންނާއި ގާތް މީހުންނަށް ދަތި ބުރަ ނުތަނަވަސް ވަގުތެއް ކަމަށް ޒަމްޒަމް ފާރިޝް ވަނީ ވިދާޅުވެފައެވެ.

''މަރުވުމާއި ގުޅުން ހުރި ކަންކަމަކީ އެއާއި މެދު ކުޅިމަޖާ އުފައްދާ ބޮޑު ސަކަރާތްގަނޑެއް ގުޅުވަންވާ ވަރުގެ ކަމެއް ނޫން ، މިހުންނަނީ ދެރަ ކަންކަން" ޒަމްޒަމް ފާރިޝް ވިދާޅުވެފައިވެއެވެ.

Ads by Ooredoo
  1. ޙަބީބު.

    އީދުމަޖާ ފާހަގަ ކުރަން ދަސްކުރަން ހދ އަތޮޅައްބަހިބަލަ ތިޔައީ ވަރައް ދެރަގޮތަކައް ކުރިކަމެއް އީދުމަޖަލުގަ މަރުވެފަ ތިބޭމީހުނާ ނުކުޅެދޭ މިހުނާ ގުޅުވައިގެން ނުވާނެ ނުދުއްދޭ ވައުދާ ތާރީހު ފަހަނަ އަޅާދާ ކަންކަމާ ފަރުވާކުޑަވެ ކަމުން ރެކިގެން ކުރާކަންތަކާ ގެނައުމަކީ އެންމެރަނގަލު ކަމެއް