ޚަބަރު

އައްޑޫގައި ހުޅުވި ޕޮލިސް އެކަޑަމީގެ ފުރަތަމަ ބެޗްގެ ކިޔެވުން ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ފުލުހުންގެ ތަމްރީން މަރުކަޒު ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ ފުރަތަމަ ކޯސް މިއަދު ފަށައިފިއެވެ.

Ads by Hajj Corporation

މިއަދު ފެށި މި ކޯހުގައި އަލަށް ފުލުހުންނާ ގުޅޭ 197 ފަރާތަކަށް ތަމްރީން ދެވިގެންދާނެއެވެ.

މިކަން ހާމަކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ, އިސްލާޙް ކުރެވިފައިވާ މަންހަޖަކާއެކު, ޚިދުމަތް ދިނުމުގައި މައްސަލަތަކަށް ހައްލު ހޯދައިދޭނެ ގޮތްތައް ހިމަނައިގެން ފުރަތަމަ ބެޗްގެ ކިޔެވުން މިއަދު ފަށާފައިވާ ކަމަށެވެ.

އައްޑޫ އެކަޑަމީގެ ހެޑަކަށް މި ވަގުތު ހުންނެވީ, ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާންއެވެ.

އިންޑިއާގެ ހިލޭ އެހީގެ ދަށުން އައްޑޫގައި ޤާއިމްކުރި ޕޮލިސް އެކަޑަމީއަކީ ޒަމާނީ ވަސީލަތްތަކާއިއެކު ތަރައްގީކޮށްފައިވާ ފެސިލިޓީއެކެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯ އެންފޯސްމަންޓް އަކީ 2009 އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ މަޝްރޫއެއްގޮތުގައި ކުރިއަށްދން ނިންމި މަޝްރޫޢުއެކެވެ. މިމަޝްރޫއުގެ މަޝްވަރާތައް 2012 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ނިންމާލުމަށްފަހު އެކި އަހަރުތަކުގައި އެކި ތަންތަނުގައި އެޅުމަށް މި މަޝްރޫޢުގެ ޑިޒައިނަށާއި، ކޮންސެޕްތަށް ބަދަލު ގެނެސްފައިވެއެވެ. ނަމަވެސް މި މަޝްރޫޢު އައްޑޫ ސިޓީގައިި ހިންގަން ހަމަޖައްސައި އެކަމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 25 ޖުލައި 2017ގައެވެ.

އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ޤާއިމްކުރި މި މަރުކަޒު ޤާއިމްކުރުމަށް 30 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައިވެއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަންކަން ހަމަޖެއްސުމަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

Ads by Allied Insurance
  1. Surah Al-Alaq, Verse 1:
    اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ

    Read in the name of your Lord Who created.

    (English – Shakir)