ދުނިޔެ

ޕާކިސްތާނަށް ރަޝިއާއިން ގޮދަން ފޯރުކޮށްދެނީ ބޮޑު އަގުގައި ކަމަށް ބުނެ ގަތުމަށް ދެކޮޅު ހަދަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގައި ކާބޯތަކެއްޗާއި ދަރަނީގެ ދަތިކަމުގެ ތެރޭގައި ވަނިކޮށް، ގޮވާމުގެ ބާވަތްތައް ފޯރުކޮށްދިނުމަށް ރަޝިޔާއިން ހުށަހެޅި ހުށަހެޅުމަށް ދެކޮޅު ހެދުމަށް އެގައުމުން ވިސްނަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

Ads by WAMCO

ދަ ޓްރިބިއުން އެކްސްޕްރެސް އިން ބުނާ ގޮތުގައި ޕާކިސްތާނުން ވަނީ ދުނިޔޭގެ ތަކެތީގެ އަގުތައް ދަށަށް ދިއުމުގެ ސަބަބުން އެ ރޭޓް އިތުރަށް 2.4 ޕަސެންޓް ދަށްކުރުމަށް ރަޝިޔާއަށް ޑިމާންޑްކޮށްފައެވެ.

ނަމަވެސް ރަޝިޔާއިން ގޮވާމުގެ ބާވަތްތައް ފޯރުކޮށްދިނުމަށް ފައިނަލް އޮފާ ހުށަހެޅީ ސަރުކާރާއި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މެޓްރިކް ޓަނަކަށް 399.50 ރުފިޔާ އަށެވެ.

ފުޑް އެންޑް ނޭޝަނަލް ސެކިއުރިޓީ މިނިސްޓްރީން ބުނާ ގޮތުގައި ޕާކިސްތާނުގައި ގާތްގަނޑަކަށް 7.7 މިލިއަން މެޓްރިކް ޓަނުގެ ގޮވާމުގެ ބާވަތް އެބަހުއްޓެވެ. އެއީ 168 ދުވަހަށް ބޭނުންވާ ވަރެވެ.

މިގޮތަށް ނިންމީ ހުކުރު ދުވަހު ކެބިނެޓްގެ އިކޮނޮމިކް ކޯޑިނޭޝަން ކޮމިޓީ (އީސީސީ) އިން ބޮޑުވަޒީރު ޝެހުބާޒް ޝަރީފާއި މަޝްވަރާ ކުރުމަށް ފަހުއެވެ.

އެކަމުގެ ރިޔާސަތު ބަލަހައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މިފްތާހު އިސްމާއީލް ކަމަށް ދަ ޓްރިބިއުން އެކްސްޕްރެސް އިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ދަށްވެދާނެ ފަދަ ހަނޑުލުގެ އަގު ދަށްވުމުގެ ޓްރެންޑެއް އޮތްކަން ކޮމިޓީން ފާހަގަކުރިއެވެ. މިހެންވެ،

"އީސީސީން ނިންމީ ރަޝިޔާގެ ފަރާތުން 390 ޑޮލަރުގެ އަގު ހުށަހެޅިދާނެ ކަމަށާއި އެ ހުށަހެޅުން (ރަޝިޔާ މީހުން) ބަލައިނުގަންނަ ނަމަ އެ ހުށަހެޅުން ކެންސަލް ކުރެވިދާނެ ކަމަށް،" އޭސީސީގެ ބަޔާނުގައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!