ޚަބަރު

ލިވާތު މައްސަލަ: ތުހުމަތުކުރެވޭ ދެ މީހަކު ފުލުހުންގެ ހުއްދައާއެކު ޢުމްރާއަށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޝަހީދު ޙުސެއިން އާދަމް ބިލްޑިންގް / ފޮޓޯ: ދެން އިމޭޖްސް

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް އާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެތެރެއިން ދެ މީހަކު ޢުމްރާއަށް ދާން ވަގުތީ ހުއްދައެއް ދީފައިވާކަމަށް ފުލުހުން ބުނެފިއެވެ.

Ads by STELCO

ފުލުހުންނާ ހަވާލާދީ ''މި'' ނޫހުގައި ވާ ގޮތުން މައްސަލައިގެ ތަޙްޤީޤަށް ފުރުން މަނާކޮށްފައިވާ ދެ މީހަކު ޢުމްރާއަށް ދިއުމަށް ފުލުހުން ވަނީ ވަގުތީ ހުއްދައެއް ދީފައެވެ. އެ ހުއްދަ ދިނީ ޢުމްރާ ދަތުރުގެ ކަންކަން ކުރިން އެ މީހުން ރާވައިފައި އޮތުމުން ކަމަށެވެ.

އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލަތަކުގެ ތަޙްޤީޤުގައި މީހުން އައިޑެންޓިފައިކޮށްފައިވާ ކަމަށާއި ފުރުން މަނާކުރުމުގެ އަމުރު ނެރުނުއިރު ބައެއް މީހުން ރާއްޖެއިން ފުރާފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ. އަދި އެ މީހުން ހޯދަން ކުރެވެން ހުރި މަސައްކަތްތައް ތަޙްޤީޤުގެތެރެއިން ކުރިއަށްދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

Ads by HDC
  1. ޢަޒްރާ

    ތި ބޮޑުރޭވުމެއް ޢުމްރާއަށް ދިއުމަށްޓަކަ ހެދިޓްރޭނިންގެއްތަ ގިރިއަށް އެރުމަކީ ބަހަނާ ނުދައްކާ ސަރުކަރުގެ ސޯޓް އެކަންޏެއްނުނެ ތިބޭލުނީ ބޮކްސާވެސް ތިބޭލުނީ