ޚަބަރު

ހަނިމާދޫ އެއަރޕޯޓް ހަދަން 2.4 ބިލިޔަން ރުފިޔާއަށް އިންޑިއާގެ ޖޭއެމްސީއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

Ads by STELCO

މި މަޝްރޫއު ހިންގަން ހަވާލުވި ޖޭއެމްސީ އަކީ މިހާރުވެސް ފްލެޓް އެޅުމާއި ފެނާއި ނަރުދަމާގެ މަޝްރޫތައް ރާއްޖޭގައި ކުރިއަށް ގެންދާ ކުންފުންޏެކެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ޖޭއެމްސީ ހަވާލުކުރީ 136.6 މިލިއަން ޑޮލަރު -- 2.1 ބިލިއަން ރުފިޔާ އަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އަލުން ތަރައްގީކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދިވެހި ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމްގެ ތެރެއިން ކަމަށްވާތީ މި މަޝްރޫއަށް ބީލަން ހުށަހެޅުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ފުރުސަތު ދީފައިވަނީ އެގްޒިމް ބޭންކުން ޝޯޓްލިސްޓް ކޮށްފައިވާ އިންޑިއާގެ ވަކި ކުންފުނިތަކަކަށެވެ.

ބިޑް ހުށަހެޅުމަށް ދިން މުއްދަތު މިއަހަރުގެ މާޗް މަހުގެ ނިޔަލަށް ހަމަވިއިރު ޖޭއެމްސީއާ އެކު ކުރިމަތިލީ ހަތަރު ކުންފުންޏެކެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ޕަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ މުޅިން އާ ޓާމިނަލެއް އިމާރާތް ކުރާނެ އެވެ. އަދި ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރުމަށްވެސް ހަމަޖެހިފައިއެވެ.

މިއަހަރު ފަހުކޮޅު އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ މި މަޝްރޫއު 2024 ވަނަ އަހަރު ނިންމާ ހިދުމަތް ދޭން ފަށާނެ އެވެ.

Ads by HDC
  1. މިމީހުނަށް ސަރުކާރު މިހިންގެނީ މިތަން ބޭރުމީހުނަށް ދީގެން ކޮންމެ ފަހަރަކުވެސް މިމީހުންގެ ޖީބަށް ފައިސާ ފަސޭހައިން ވަންނަ ގޮތަކީބާ !