ބަރުލަމާނީ ގެނައުމަށް ރައީސް ނަޝީދުގެ ޤަރާރެއް
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ޤާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުމަށް މަޝްވަރާކުރުމަށްޓަކައި އެމްޑީޕީ ކޮންގްރެސްއަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ރަސްމީކޮށް ހުށަހަޅުއްވައިފިއެވެ.
އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒްގެ ތާއީދާއެކު ރައީސް ނަޝީދު ހުށަހެޅުއްވި ޤަރާރުގައިވަނީ ޤާނޫނު އަސާސީއަށް ގެންނަވަން ބޭނުންފުޅުވާ އިސްލާހުތައް ހިމަނުއްވައިފައެވެ.
އިސްލާހުތައް:
ސަރުކާރުގެ އެންމެ އިސްވެރިޔަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެތެރެއިން އިންތިޚާބުކުރާ އެ މަޖިލީހުގެ އަޣްލަބިއްޔަތު ލިބިފައިވާ ބޮޑުވަޒީރުކަމުގައި ކަނޑައެޅުން.
ދައުލަތުގެ އެންމެ މަތީ ވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ރައީސަކު ކަނޑައަޅާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ އިންތިޚާބުގެ ވޯޓުގައި އެންމެ ގިނަ ވޯޓު ލިބޭ މީހާކަމަށް ކަނޑައެޅުން.
ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ބާރުތަކާއި ބޮޑުވަޒީރަކު ސަރުކާރު ހިންގާއިރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތަކާއި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ކަނޑައެޅުން.
ރައްޔިތުން މަޖިލީހުގެ ދާއިރާތަކުގެ މެންބަރުން ތަމްސީލުވާނެ ގޮތްތަކާއި ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓުގެ ނިސްބަތަށް ބަލައި ޕާޓީއަށް ޚާއްސަކުރެވޭ ''ނެޝަނަލް ލިސްޓް'' ގެ މެންބަރުން ހިމެނޭ އުސޫލު ކަނޑައެޅުން.
ރައްޔިތުން މަޖިލީހުގެ މެންބަރުގެ ޢަދަދު 87 އަށްވުރެ އިތުރު ނުކުރުން.
ސަރުކާރު ހިންގާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެތެރެއިން އެކުލަވައިލެވޭ ވަޒީރުންގެ މަޖިލީހަކުން ކަމަށް ކަނޑައެޅުން.
ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ 5 ކަމުގައި ކަނޑައެޅުން.
ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ގެންނަ ބަދަލުތައް ކަނޑައެޅުން.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނީ ސިފަތައް ޤާނޫނުއަސާސީގައި ކަނޑައެޅުން.
މީގެ އިތުރުން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށާއި, އެ ވޯޓުގެ ނަތީޖާއަކީ ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ފާސްވެއްޖެނަމަ ޤާނޫނުއަސާސީއަށް އެ ބަދަލުތައް ގެނައުމަށް ކަމަށެވެ.
އަންނިި ލަންކާބޮޑުވަޒީރަކައްދާންް ފެނޭ
ބަރުލަމާނިއަކީ އެމްޑިޕީން ނަސީދު ނެރޭ ގަރާރަކުން ގެނެވޭއެއްޗެއްނޫން. ނަސީދަކީ ވެރިކަމަށް ކުފޫ ހަމަވާ މީހެއްނޫން.ކަން ވެރިކަނަް ކުރި 3 އަހަރުންވެސް އެގޭނެ. 28.5 ބިލިއަނަށް ގައުމުގެދަރަނި އަރުވާފަ ބިދޭސީންގެ ޑިޕޮޒިޓް ބޭނުންކޮށްފަ ދިރާގާ ފެންކުންފުނޏާ އެއާޕޯޓް ވިއްކަލާފަ އަތޮޅު ކައުންސިލްތަކާއި ރަށުކައުންސިލް ތަކުގާ ހުރިފައިސާ ބޭނުންކޮށްފަ ހަދާނެ ނަހަދާނެގޮތް ނޭގިގެންގޮސް އިސްތިއުފާދީފަ ރާއްޖޭގަ ހުޅުޖެހީ މިހާރުކިޔަނީ މަށަށްއެގޭނީ ބަރުލަމާނީއޭ ދުވަސްކޮލަކުން ބުނާނެ މަރަސްކަލަކަށް ހަދާދީބަލާށޭ، މިއީ މިގައުމަށްޖެހުނު މުސިބާތެއް.
ބޮޑު ވަޒީރަކަށް ވުމުގެ ހުވަފެން ބަލަމުންދާ ބޭފުޅެއްތޯ ؟ މި ޤައުމުގެ ރައީސުންގެ ދަރިން ވަރަށް ބޭނުންވެގެން އުޅޭކަމެއްހެން ހީވަނީ ! އެކަމަކު މިޤައުމުގެ ދެންތިބި މީހުން މާކަ ގަޔާއިވާ ކަމެއްނޫން ބޮޑު ސޭޓަކު ހުރުމަކީ !