ދުނިޔެ

އިންޑިއާއިން ލަންކާއަަށް ޑޯނިއާއެއް ހަދިޔާކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާއާއިން ސްރީލަންކާ އެއާފޯސް (އެސްއެލްއޭއެފް) އަށް ޑޯނިއާ 228 މެރިޓައިމް ޕެޓްރޯލް މަތިންދާބޯޓެއް ހަދިޔާކޮށްފިއެވެ.

Ads by Sosun Fihaara

އެ މަތިންދާބޯޓު ރަސްމީކޮށް ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާ ހަވާލުކޮށްދެއްވީ އިންޑިއާއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ގޯޕާލް ބަގްލޭއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ކަޓޫނާޔަކޭގައި ހުންނަ އެސްއެލްއޭއެފް ބޭސްގަ އެވެ.

ލަންކާގެ އިންޑިއާ ހައިކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ “އިންޑިޔާއާ އެކު އެއްބާރުލުން ދިނުމުގެ އެހެން ދާއިރާތައް ފަދައިން، ޑިފެންސްގެ ދާއިރާއިން ވެސް އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ޑޯނިއާ ލަންކާއަށް ހަދިޔާކޮށްދައިވަނީ ކަނޑުގެ ސަލާމަތާއި ސަލާމަތަށް ދެ ގައުމުން ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް އެޅިފައިވާ ފިޔަވަޅެއް” ގޮތުން ކަމަށެވެ.

މި ޑޯނިއާގެ ސަބަބުން އިންޑިޔާ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް ވެސް ޓްވީޓްގައިވެއެވެ.

މިޑޯނިއާ އޮޕަރޭޓް ކުރާނީ އިންޑިއާއިން ހަތަރު މަހުގެ ތަމްރީނެއް ހަދައިގެން އައިސް ތިބި ލަންކާގެ14 ސިފައިންނެވެ. މި ޑޯނިއާ 228 އުދުއްސައި ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ އިންޑިއާ ސަރުކާރުގެ ޓެކްނިކަލް ޓީމެއްގެ ބެލުމުގެ ދަށނުްނެވެ.

އެ ޓީމުން މަތިންދާބޯޓު، އެއާފްރޭމް، އެއާކްރާފްޓް ސަޕޯޓް އިކުއިޕްމަންޓް، ގްރައުންޑް ސަޕޯޓް އިކުއިޕްމަންޓް، އަދި ކަމާބެހޭ ލިޔެކިޔުންތަކުގެ ފުރިހަމަ ސުޕަވައިޒަރީއެއް ހަދައި، ހުރިހާ އެސެޓްތަކެއްގެ ސާވިސް ކުރެވޭނެ ގޮތް ކަށަވަރުކުރާނެއެވެ.

ޖެނުއަރީ 09، 2018 ގައި ނިއުދިއްލީގައި އިންޑިއާއާއި ލަންކާއާ ދެމެދު ބޭއްވި ޑިފެންސް ޑައިލޮގުގައި ލަންކާގެ ކަނޑުގެ ސަވައިލެންސްގެ ގާބިލްކަން އިތުރުކުރުމަށް އިންޑިއާއިން 02 ޑޯނިއާ ރިކޮނައިސަންސް އެއާކްރާފްޓް ހޯދުމަށް ލަންކާ ސަރުކާރުން އެދުނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!