އިންޑިއާގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް އިންޑިއަން ކަލްޗަރަލް ސެންޓަރުން ގިނަ ހަރަކާތްތަކެއް

އިންޑިއާގެ 75 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އޮގަސްޓް 11 އާއި 15 އާ ދެމެދު އިންޑިއަން ކަލްޗަރަލް ސެންޓަރާއި ހައި ކޮމިޝަން އޮފް އިންޑިއާ އިން އިންތިޒާމްކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފިއެވެ.
އިންޑިއާގެ މިނިވަން ދުވަހަކީ 15 އޯގަސްޓެވެ. ނަމަވެސް މިނިވަން ދުވަހުގެ ހަރަކާތްތައް ފަސް ދުވަހު ވަނީ ކުރިޔަށް ގެންގޮސްފައެވެ.
މިގޮތުން އޮގަސްޓް 11 ވަނަ ދުވަހު ކުޑަކުދިން ހުށަހެޅި ސަގާފީ ހަވީރަކާއި، އިންޑިއާގެ މިނިވަންކަމުގެ ހަރަކާތާ ބެހޭ ޑޮކިއުމެންޓްރީ ޝޯއެއް ކުރިޔަށް ގެންދިޔައެވެ. އަދި އޮގަސްޓް މަހުގެ 12 ވަނަ ދުވަހު ވަނީ ފިލްމީ ޝޯއެއް އިންތިޒާމްކޮށްފައެވެ.

13 އޮގަސްޓްގައި މޯލްޑިވިއަން ބްލަޑް ސާވިސަސްގައި ބްލަޑް ޑޯނޭޝަން ކޭމްޕެއް އިންތިޒާމް ކުރެވުނުއިރު، މި ކޭންޕްގައި ލޭ ހަދިޔާކޮށްފައިވަނީ ރާއްޖޭގައި އުޅޭ 49 އިންޑިއާ މީހުންނެވެ..
އޯގަސްޓް 14 ވަނަ ދުވަހު އައިސީސީގައި އިންޑިއާގެ ދިދަ ނެގުމުގެ ހަރަކާތަކާއި އެ ޤައުމުގެ ޘަޤާފަތް ދައްކުވައިދޭ މިއުޒިކުގެ ހަވީރެއް އިންތިޒާމްކޮށްފިއެވެ. މިއީ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި 26 ޖުލައި 2022 ގައި އައިސީސީން އިންތިޒާމްކުރި ސަގާފީ ހަވީރުގެ ސީކުއެލްއެކެވެ.

މީގެ އިތުރުން15 އޮގަސްޓް 2019 ގައި ކުޅުދުއްފުށީގައި ލޭ ހަދިޔާކުރުމުގެ ކޭމްޕެއް އިންތިޒާމްކޮށްފައެވެ. މިއީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި މިފަދަ ކޭމްޕެއް ބޭއްވި ފުރަތަމަ ފަހަރެވެ. މަރުކަޒުގައި ލޭ ރައްކާކުރާ ތަންތަނުގެ ލިމިޓާއެކު، މި ކޭންޕްގައި ލޭ ހަދިޔާކޮށްފައިވަނީ 5 މީހުންނެވެ.
ހަމައެއާއެކު އެ ދުވަހު އިންޑިއަން ކަލްޗަރަލް ސެންޓަރުން ވެސް ވަނީ 15 އޮގަސްޓް ދުވަހުގެ ހެނދުނު އިންޑިއާގެ ހައިކޮމިޝަންގައި ޤައުމީވަންތަ ލަވައިގެ ހަފްލާއެއް ބާވާފައެވެ. އަދި މިނިވަން ދުވަހުގެ ހަރަކާތްތައް ނިންމާލާފައިވަނީ އެ ދުވަހު ހަވީރު ބޭއްވި ފާރިދު ހަސަން ޚާންގެ އޮންލައިން ކްލާސިކަލް މިއުޒިކްގެ ކްލާސްތަކަކުންނެވެ.