ޖޭޕީގެ ތަރުޖަމާނު ޢަލީ ޞާލިޙަށް ތޫނު އެއްޗަކުން ހަމަލާދީފި
ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު ޢަލީ ޞާލިޙަށް ތޫނު އެއްޗަކުން ހަމަލާދީފިއެވެ.
ޖޭޕީގެ ތަރުޖަމާނު އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ޞާލިޙަށް ހަމަލާދިނީ މިއަދު މެންދުރުފަހު 13:30 ހާއިރު ހުޅުމާލޭގައި ހުންނަ ސޮނީ ހާޑްވެއާ ފިހާރަ ކައިރިންނެވެ.
ޢަލީ ޞާލިޙަށް ހަމަލާދިނީ ކަޓަރަކުންނެވެ. އެ ގޮތުން އޭނާ ގެންދަވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންނެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނޭނގެެއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.
Ads by Allied Insurance