ޚަބަރު

20 އަހަރުން ދަށުގެ ފުޓްބޯޅަ ޤައުމީ ޓީމުގެ ކުޅުންތެރިން އުމްރާގެ އަޅުކަން ފުރިހަމަކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މި މަހު އޮންނަ އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފިކޭޝަންއަށް ތައްޔާރުވުމަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރި ޤައުމީ ޒުވާން ފުޓްބޯޅަ ޓީމު އުމްރާގެ މަތިވެރި އަޅުކަން އަދާކޮށްފިއެވެ.

Ads by STELCO

ކޮލިފިކޭޝަންއަށް ތައްޔާރުވުމަށްޓަކައި ޓްރެއިނިން ކޭމްޕަކަށް ޓީމުން ސައުދީ އަރަބިއްޔާއަށް ފުރީ ބުދަ ދުވަހުގެ ރޭގައެވެ. އަދި ފަރިތަކުރުންތައް ފެށުމުގެ ކުރިން ޓީމުން ވަނީ އުމްރާގެ އަޅުކަން އަދާކޮށްފައެވެ. ދިވެހި ޓީމުން އުމްރާގެ އަޅުކަން އަދާކުރީ ބުރާސްފަތި ދުވަހުއެވެ.

މިކަން ހާމަކޮށް 20 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ މި ފުރުސަތު ޓީމަށް ފަހިކޮށްދިންކަމަށްޓަކާ ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ފެޑެރޭޝަނާއި ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ޝުކުރުއަދާކޮށްފައެވެ.

20 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފިކޭޝަން އޮންނާނީ މި މަހުގެ 10ން 18ގެ ނިޔަލަށެވެ.

  1. ކުޅުމަކީ އަޅުކަންތަކަށް ހުރަސް އެޅޭކަމެއްނޫން، ޒުވާނުން ކުޅުމާއި އެކު އަޅުކަމަށްވެސް ޝައުޤުވެރި ވާންވާނެ ކުޅެ ކަސްރަތުކޮށް ރަގަޅު ސިއްހަތުގައި ހުރެގެން ރަގަޅަށް ބަދަނީ އަޅުކަން ކުރެވޭނީވެސް !