ޢުމަރު ޒާހިރަކީ ޤައުމަށް ބޭނުންވާ ކަންތައްތައް ކޮށްދެއްވުމުގައި އަބަދުވެސް ހުންނެވި ހަރުދަނާ ޝަހްސިއްޔަތެއް: ރައީސް މައުމޫން

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާކަމުގެ މަގާމު ލިބިފައިވާ އަލްމަރްހޫމް ޢުމަރު ޒާހިރަކީ ޤައުމަށް ބޭނުންވާ ކަންތައްތައް ކޮށްދެއްވުމުގައި އަބަދުވެސް ހުންނެވި ހަރުދަނާ ޝަހްސިއްޔަތެއް ކަމަށް "މައުމޫން ފައުންޑޭޝަން" ގެ ޗެއާމަން އަދި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ، ދިވެހި ދައުލަތަށް އަދި ދިވެހި ރައްޔިތުންނަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، އަދި ދިވެހި ދައުލަތުގެ މަތީ އެއް ޝަރަފު ކަމުގައިވާ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާކަމުގެ މަގާމު ލިބިފައިވާ އަލްމަރްހޫމް ޢުމަރު ޒާހިރުގެ ހަނދާނުގައި އެ ފައުންޑޭޝަނުން ޝާއިޢުކުރި ފޮތެއް އިފްތިތާހު ކުރުމަށް ރޭ ޝީ ބިލްޑިންގައި ބެއްވި ޚަފްލާއެއްގައެވެ.
"ނަމޫނާ ޝަހްސިއްޔަތެއް" މި ނަމުގައި ޝާއިޢުކުރި މި ފޮތް އިފްތިތާހް ކޮށްދެއްވީ އެ ޚަފްލާގެ ޝަރަފުުވެރި މެހެމާނު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެވެ.
އެ ޚަފްލާގައި ބައިވެރިވެވަޑައިގެންނެވި އެހެން ބޭފުޅުންގެ ތެރޭގައި "މައުމޫން ފައުންޑޭޝަން" ގެ ވައިސް ޗެއާރމަން ފާރިސް މައުމޫން އަދި އުމަރު ޒާހިރުގެ ގާތް އެކުވެރި އެއް ބޭފުޅެއް ކަމަށްވާ އައްބާސް އިބްރާހިމް އާއި މި ފޮތް ލިޔުއްވި މުހައްމަދު ޖަމީލްގެ އިތުރުން އަލްމަރްހޫމް އުމަރު ޒާހިރުގެ ދަރިކަނބަލުން ސާމިހާ ޒާހިރާއި އާއިލާގެ އެހެން ބޭފުޅުންގެ އިތުރުން ސަރުކާރުގެ އެކި އިދާރާތަކުގެ ބައެއް އިއްޒަތްތެރި ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ.
[caption id="attachment_161812" align="alignnone" width="1200"]<img class="wp-image-161812 size-full" src="https://cdn.dhen.mv/wp-content/uploads/2022/09/245497_790dabf5-4_.jpg" alt="" width="1200" height="799" /> ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ޢުމަރު ޒާހިރުގެ ދަރިކަނބަލުން ސާމިހާ ޒާހިރަށް ފޮތް ހަދިޔާ ކުރުން/ ފޮޓޯ: ރައީސް އޮފީސް[/caption]
"ނަމޫނާ ޝަހްސިއްޔަތެއް" މި ނަމުގައި އިފްތިތާހު ކުރެވުނު މި ފޮތުގައި ވަރަށް ގިނަ ބޭފުޅުން ވަނީ އުމަރު ޒާހިރުގެ ހަރުދަނާ ޝަހްސިއްޔަތާއި އަގު ނުކުރެވޭފަދަ ޤައުމީ އަދި އިޖުތިމާއީ ހިދުމަތްތަކުގެ އެތައް ވާހަކައެއް ލިޔުއްވާފައެވެ.
ރޭގެ އެ ޚަފްލާގައި މި ފޮތާ ބެހޭގޮތުން އަދި އަލްމަރްހޫމް އުމަރު ޒާހިރުއާ ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އުމަރު ޒާހިރަކީ އެމަނިކުފާނުގެ ޢާއިލާއާ ވެސް ވަރަށް ގާތް ބޭފުޅެއް ކަމަށެވެ.
[caption id="attachment_161813" align="alignnone" width="1200"]<img class="wp-image-161813 size-full" src="https://cdn.dhen.mv/wp-content/uploads/2022/09/245494_7a1e1162-d_.jpg" alt="" width="1200" height="800" /> ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޤަބްދުލް ޤައްޔޫމް/ ފޮޓޯ: ރައީސް އޮފީސް[/caption]
"އުމަރު ޒާހިރުގެ މުރާލިކަމާ، ހީވާގިކަމާ، ކަމަށް ކަމޭ ހިތާ ކަމާއި، ހުރި މާތް ސިފަތައް އެނގުނީމަ އަޅުގަނޑު ހިތަށް އެރީ އަޅުގަނޑު ޖެހޭނޭ ޢުމަރު ޒާހިރުގެ ހިދުމަތުގެ ބޭނުން ހިފަން. އެހެންކަމުން އަޅުގަނޑު ރައީސްކަމާ ހަވާލުވި ކުރީކޮޅު އެމަނިކުފާނު ރައީސް އޮފީހަށް ގެނައީ. ރައީސް އޮފީހަށް ގެނެސްފައި އެ އޮފީހުގެ ޚާއްސަ ވަކީލު ކަމުގެ މަގާމު ހަވާލު ކޮށްފައި އަޅުގަނޑު ދެންނެވީ ސަރުކާރަށް ބޭނުންވާ ކަންތައްތަކާއި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތަށް ފޯރު ކޮށްދިނުމުގައި އުޅެދެއްވާށޭ" ރައީސް މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މައުމޫން ވިދާޅުވީ އެދުވަސްވަރު އެންމެ މުހިންމު ކަމަކަށްވީ ހޮސްޕިޓަލުގެ ހިދުމަތްތަށް ހަރުދަނާ ކުރުން ކަމަށެވެ. އެކަން އަލްމަރްހޫމް އުމަރު ޒާހިރާއި ހާވަލު ކުރެއްވުމުން ވަރަށް ރަނގަޅަށް އެކަންތައްތައް ގެންގޮސްދެއްވި ކަމަށެވެ. އެގޮތުން ދުވަހުން ދުވަހަށް، ގަޑިން ގަޑިއަށް އެތަނަށް ވަޑައިގެން، ހިނގަމުންދާ ކަންތައްތަކާއި ބޭނުންވާ ހިދުމަތްތަކާއި ހުރި މައްސަލަތަށް ބައްލަވާފައި އެކަންކަމަށް އުމަރު ޒާހިރު ހައްލެއް ގެނެސް ދެއްވިކަން ވެސް ރައީސް މައުމޫންގެ ވާހަކަފުޅުުގައި ފާހަގަ ކުރެއްވިއެވެ.







ކޮމެންޓް