ދުނިޔެ

އަފްގާނިސްތާނުގައި ހުންނަ ރަޝިއާގެ އެންބަސީއެއް ކައިރީ ޖާނުން ފިދާވުމުގެ ހަމަލާއެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ ރަޝިޔާގެ އެމްބަސީގެ ބޭރުގައި މިއަދު ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި އެ އެމްބަސީގެ ދެ ސްޓާފުންނާއި އަފްޣާނިސްތާނުގެ އާންމު މީހަކު މަރުވެއްޖެއެވެ.

Ads by Sosun Fihaara

ރަޝިޔާގެ ފޮރިން މިނިސްޓްރީ އާއި ދައުލަތުގެ ނޫސް އެޖެންސީ އާރުއައިއޭ ނޮވޮސްޓީން ބުނެފައިވާ ގޮތުގައި މި ގޮވުން ގޮއްވާފައި ވަނީ އަފްޣާނިސްތާނުގެ ރައްޔިތުން ރަޝިއާގެ ވިސާއަށް، އެންބަސީ ބޭރުގައި ކިއޫ ހަދާފައިވަނިކޮށެވެ.

ފުލުހުން ބުނީ އެމްބަސީއަށް ވަންނަ ގޭޓު ކައިރީގައި އެއްޗެއް ގޮއްވާލީ މީހަކު އަމިއްލައަށް މަރުވެގެން ކަމަށެވެ. އޭނާ ގޭޓާ ކައިރިވާން ފެށުމުން ގާޑުން ބަޑި ޖެހި އެވެ.

"ހަމަލާ ދިން މީހާ ޓާގެޓަށް ވާސިލްވުމުގެ ކުރިން، އޭނާ ފާހަގަކޮށް ރަޝިއާ އެމްބަސީ ގާޑުކުރަން ތިބި ތާލިބާން ސެކިއުރިޓީއިން ބަޑި ޖެހި،" ފުލުހުން ބުންޏެވެ.

މީގެ އަހަރެއް ކުރިން ތާލިބާނުން އަފްގާނިސްތާނުގެ ވެރިކަމަށް އައުމުން ވެސް މެދުކެނޑުމެއް ނެތި ކާބުލްގައި އެމްބަސީ އޮޕަރޭޓް ކުރަމުންދާ މަދު ގައުމުތަކުގެ ތެރޭގައި ރަޝިއާ ހިމެނެ އެވެ.

ރަޝިއާއިން ވެސް ތާލިބާން ސަރުކާރު ރަސްމީކޮށް ބަލައިނުގަނެ އެވެ. އެކަމަކު ގޭހާއި އެހެން މުދާ ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ތާލިބާން އޮފިޝަލުންނާ މަަޝްވަރާ ކުރަމުންދެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!