އެއްޖިންސުން ގުޅުން ހިންގި ނާޒިމްގެ ޝަރީއަތް އާދީއްތަ ދުވަހު
އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ދައުވާކޮށްފައިވާ ނާޒިމް ސައްތާރުގެ ޝަރީއަތް އަންނަ އާދީއްތަ ދުވަހަށް ފަށަން ތާވަލުކޮށްފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮގެ މައްޗަށް އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާ މިދިޔަ މަހުގެ ތެރޭގައި އުފުލީ ބަންގްލަދޭޝްގެ ޒުވާނެއް ކަމަށްވާ އެމްޑީ އަލަމްގީރާ އެކު ޖިންސީ ގުޅުން ހިންގި މައްސަލައިގަ އެވެ. އެ މައްސަލަ ފެންމަތިވީ އެ ދެ މީހުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ޖޫން މަހުގެ ފަހުކޮޅު ލީކްވުމާ އެކީގަ އެވެ. އެ މައްސަލައާ ގުޅިގެން ނާޒިމް ޖުލައި މަހުގެ ތެރޭގައި ހައްޔަރު ވެސް ކުރި އެވެ. އަދި ހައްޔަރުން ދޫކޮށްލީ މިދިޔަ މަހުގެ ތެރޭގަ އެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ނާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް އާދީއްތަ ދުވަހު ފަށަން ހަމަޖެހިފައިވާ އިރު، އެ މައްސަލާގައި އިއުތިރާފުން ކުށް ސާބިތުގެ އަލަމްގީރަށް 7 މަހާއި 7 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ މިދިޔަ މަހުގެ 31 ގަ އެވެ.
އަލަމްގީރާ އެކީ ގުޅުން ހިންގައިގެން ދައުވާކުރި މީހުންގެ ތެރޭގައި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދ ނަޝީދު (ކާނަލް) އާއި ކުރުން ފުލުހެއްގެ ގޮތުގައި މަސައްކަތްކުރި އަބްދުއް ރަހުމާން ރަފީއު (ދޮންދިގު) ވެސް ހިމެނެ އެވެ.
މި މީސްމީހުންގެ އިތުރުން ވެސް އެތައް ބަޔަކާ އެކީ އަލަމްގީރް ގުޅުން ހިންގާފައިވާ ކަމަށް ފުލުހުންނަށް ދިން ބަޔާނުގައި އިއުތިރާފުވެފައިވެ އެވެ. އަދި އޭގެ ތެރެއިން ބައެެއް މީހުންގެ ވީޑިއޯތައް ވެސް ލީކްވެފައިވެ އެވެ.
ތިޔަކަލޭގެއަށް އަންނާނީ ތިން މަހުގެ ޖަލު ހުކުމެއް ދެން ޖުރުމަނާއަށް ބަދަލު ކުރީމަ އެހުރީ ސަލާމަތް ވެފަ. ތިޔަ ކަލޭގެ ސަލާމަތް ކުރަންވެގެ އެގިރިއަށް ވެސް ކުޑަ ހުކުމެއް އެކުރީ .އަދިވެސް ލަދުހަޔާތް މަދުކަމުން ކިޔާތި އަދުލް އިންސާފު ގާއިމް ކުރެވުއްޖެޔޭ.
ބަޔެއްމީހުން މާލޭގައި މުނިފޫހި ފިލުވާނެ ގޮތެއްނެތިގެން ރާއްޖެއިން ބޭރަށް ގޮސް ދަސްކުރި މުނިފޫހި ފިލުވުން މީހާދަ މަޖަލޭ !