ޚަބަރު

އިންޑިއާއިން ތަމްރީންވި ސިވިލް ސާވެންޓުންގެ އަދަދު 500އާ ގާތަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވެހި ސިވިލް ސާވިސް މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމުގެ ގޮތުން ސާވިސް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2019ވަނަ އަހަރު ނޭޝަނަލް ސެންޓަރ ފޯ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ)އާ އެކު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން އިތުރު ބެޗެއް ތަމްރީންވާން މިމަހު 10ގައި އިންޑިއާއަށް ފުރުމަށް ހަމަޖެހިއްޖެއެވެ.

Ads by MWSC

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ "ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް އިން ދަ ފީލްޑް އޮފް އެޑްމިނިސްޓްރޭޝަން" ޕްރޮގްރާމްގައި ބައިވެރިވުމަށް، ދިވެހި ސިވިލް ސާވިސްގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒިފުން މިއީ އިންޑިއާއަށްދާ 16 ވަނަ ބެޗެވެ. މި އެމްއޯޔޫގައި ސޮއި ކުރެވުނު ފަހުން އިންޑިއާއިން 500އާ ގާތް ކުރާ އަދަދެއްގެ ސިވިލް ސާވެންޓުން ވަނީ ތަމްރީންވެފައެވެ.

10 ސެޕްޓެންބަރުން 24 ސެޕްޓެންބަރަށް ކުރިޔަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެކި އަތޮޅުތަކާއި މިނިސްޓްރީތަކުގެ ސިވިލް ސާވަންޓުން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމްގައި ސިވިލް ސާވަންޓުންނަށް އީ-ގަވަރނަންސް މެކޭނިޒަމްތަކާއި، ލީޑަޝިޕް ޕެރެޑައިމްތަކާއި، އިންޑިއާގައި ޑިމޮކްރެޓިކް މިނިވަން މުއައްސަސާތައް ހިންގާ ގޮތްތަކާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، ތަމްރީން ކުރެވޭނެއެވެ.

  1. ޕޮއް

    މިމީހުން ކޮންވައްތަރު ހުންނަނީ؟ ޔޯގާ ތަމްރީން ހުންނަނީ، ދެން ރައިއްޔަތުން ޔޯގާވައްތަރު ހުންނަނީ، ދެން ބަރާބަރު ހުންނަނީ ދޯ.

  2. އާާދަމް

    ދަސްކޮށްދެނީ އާއްމު ރައްޔިތުންގެ ކޯލްތަކަށް ޖަވާބުނުދީ ފޯނުވެސް ނުނަގާ ތިބުމައްތޯ

  3. އާާދަމް

    ތިޔައީ ދުނިޔޭގެ ކުރަޕުޝަން އެއްމެބޮޑު ގައުމު އެތަނުން ދަސްވާނީ އެކަން،،ނަސްލީ ތަފާތުކުރުންވެސް………